Roadha Mihaaru
އިންތިހާބުގައި ވާދަކުރަން އުޅޭ ވާހަކަ ސަންޖޭ ދޮގުކޮށްފި

މަޖިލިސް އިންތިހާބުގައި ވާދަކުރަން އުޅޭ ވާހަކަ ސަންޖޭ ދޮގުކޮށްފި

09 އެޕްރީލް 2024

މި މަހު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބުގައި އޭނާ ވާދަކުރަން އުޅޭ ވާހަކަ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު އިއްޔެ ދޮގުކޮށްފި އެވެ.

މި މަހު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބުގައި އޭނާ ވާދަކުރަން އުޅޭ ވާހަކަ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު އިއްޔެ ދޮގުކޮށްފި އެވެ.

މަޖިލިސް އިންތިހާބުގައި އޭނާ ވާދަކުރަން އުޅޭ ކަމަށް ބުނެ ބައެއް ނޫސްތަކުން ވެސް ވަނީ އެ ޚަބަރު ރިޕޯޓްކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ވަރަށް ގަދައަށް އެ ވާހަކަ ދެކެވުނެވެ.

ނަމަވެސް ސަންޖޭ ވަނީ އެ ހުރިހާ ވާހަކަތަކެއް ދޮގު އެކްސްގައި ޕޯސްޓެއްކޮށްފަ އެވެ.

"އަހަރެން ސިޔާސީ ދާއިރާއާ ގުޅެން އުޅޭ ކަމެއް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގެއް. އަހަރެން އެއްވެސް ސިޔާސީ ޕާޓީއަކާ ނުގުޅެން އަދި އެއްވެސް އިންތިހާބެއްގައި ވެސް ވާދައެއް ނުކުރަން. އަދި ސިޔާސީ ކަންކަމާ އަހަރެން ގުޅެން ނިންމިޔަސް އެންމެ ފުރަތަމަ އެކަން އިއުލާންކުރާނީ ވެސް އަމިއްލަ އަށް،" އޭނާ ބުންޏެވެ.

"ނޫސްތަކުގައި އަހަންނާ ބެހޭ ގޮތުން ލިޔާ އެއްޗެހި ގަބޫލުނުކުރޭ."

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބާ ދިމާކޮށް ބޮލީވުޑްގައި ވެސް ސިޔާސީ ފޯރި މި ދުވަސްވަރު ވަނީ ވަރަށް ގަދަވެފަ އެވެ.

ބޮލީވުޑްގެ އެކްޓަރު ކަންނަގާ ރަނާވަތު ވަނީ އެ އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ. އޭނާ އެ އިންތިހާބުގައި ވާދަކުރަނީ ވެސް އިންޑިއާގެ މައި ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީގެ ޓިކެޓްގަ އެވެ. އޭނާގެ އުފަން ސްޓޭޓް ހިމާޗަލްގައި ވަރަށް ފޯރީގައި އަންނަނީ ކެމްޕެއިން ވެސް ކުރަމުންނެވެ.