21 މާޗް 2022
ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ދުވަސްތަކަކަށް ފަހު ސަޕޯޓަރުންނާ އެކު ރޭ ކެއުމެއްގައި ބައިވެރިވެވަޑައިގެންފި އެވެ.
ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ދުވަސްތަކަކަށް ފަހު ސަޕޯޓަރުންނާ އެކު ރޭ ކެއުމެއްގައި ބައިވެރިވެވަޑައިގެންފި އެވެ.
މެޑަމް ފާތުންއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ފޮޓޯ އާއްމުކޮށް ބައެއް ސަޕޯޓަރުން ބުނެފައި ވަނީ ގިނަ ދުވަސްތަކަކަށް ފަހު އެކަމަނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އެކަމަނާ އަކީ އަންހެނުން ބާރުވެރިކުރުވައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނަށް ގިނަ އެހީތެރިކަން ވެދެއްވި ހިދުމަތްތެރި ފަސްޓް ލޭޑީއެއް ކަން ފާހަގަކޮށްފައިވެ އެވެ.
ކުރީގެ ފަސްޓް ލޭޑީ ފާތުން: އާއްމުންގެ ތެރެއަށް ނިކުމެވަޑައިނުގަންނަވާތާ ދުވަސްތަކަކަށް ފަހު ރޭ ވަނީ ހުޅުމާލޭގައި ސަޕޯޓަރުންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައި.
ހުޅުމާލޭގައި ޕީޕީއެމްގެ މެމްބަރުން އެކަމަނާއަށްޓަކައި ބޭއްވި ހަފުލާއެއްގައި މެޑަމް ފާތުން މި ބައިވެރިވެވަޑައިގަތީ 2018ގެ ރިޔާސީ އިންތިހާބަށް ފަހު އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިނުގެން އުޅުއްވުމަށް ފަހު އެވެ. އިންތިހާބަށް ފަހު އެކަމަނާ ސިޔާސީ ހަރަކާތެއްގައި އަދި ޕީޕީއެމްގެ އެއްވެސް އިވެންޓެއްގައި ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ކުރީގެ ފަސްޓް ލޭޑީ ފާތުން ސަޕޯޓަރުންނާ އެކު.
ޕީޕީއެމްގެ ވެރިކަމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް ޕްރޮމޯޓްކުރެއްވުމުގައި ފާތުން ފެނުނީ ވަރަށް ހަރަކާތްތެރި ފަސްޓް ލޭޑީއެއްގެ ގޮތުގަ އެވެ. އިޖުތިމާއީ ގިނަ ހަރަކާތްތަކެއް އަމިއްލައަށް ހިންގެވި އެވެ. އަދި ސަރުކާރުގެ ސޯޝަލް ސެކްޓާގެ ބައެއް ހިދުމަތްތައް ފޯރުކޮށްދެއްވުމުގައި އިސްކޮށް އުޅުއްވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވެސް މެޑަމް ފާތުން ފެނުނީ ވަރަށް އިސް ދައުރެއް އަދާކުރެއްވި ތަނެވެ. ރަށްތަކަށް ވަޑައިގެން އެކި މީހުންނާ ބައްދަލުކުރެއްވި އެވެ. ޔާމީން އިންތިހާބު ކުރަން ޖެހޭ ސަބަބުތައް ވެސް ވިދާޅުވެ ދެއްވި އެވެ.
އެކަމަކު އިންތިހާބަށް ފަހު، އެކަމަނާ ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތީ އެވެ. އޭގެ ފަހުން މަނީ ލޯންޑްރިންގެ ތުހުމަތާ އެކު ޔާމީން ހައްޔަރުކޮށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުން ވެސް ޕީޕީއެމުން ބޭއްވި އެއްވުންތަކުން ވެސް ނުފެނެ އެވެ.
ޔާމީން މިނިވަންވެވަޑައިގެން ފުރަތަމަ ބޭއްވި ޖަލްސާގައި އަދި ފަހުން އެމަނިކުފާނު އިސްވެ ރަށްތަކަށް ކުރައްވާ ދަތުރުތަކުގައި ވެސް އެކަމަނާ ވަޑައެއްނުގަންނަވަ އެވެ.
ޔާމީންގެ ހައްގުގައި މުއިއްޒަށް ވޯޓު ދީ: ފާތުން
ފާތުން ޖަގަހަ އަށް؛ ޕީޕީއެމަށް އީދެއް ފަދަ ކަމެއް!
ޔާމީން މިނިވަންކުރަން ފާތުންއާއެކު ނަޝީދު އަޑުއުފުލައިފި
ފާތުންގެ މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން!
ފަސްޓް ލޭޑީ ފާތުން ރާއްޖެ ވަޑައިގެންފި
ފަސްޓް ލޭޑީ ފާތުން މާދަމާ މާލެ ވަޑައިގަންނަވަނީ
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
ރައީސް ޔާމީން ހޮވައިދިނުމަށް އެދި ފާތުންގެ ސިޓީފުޅެއް
ފަސްޓްލޭޑީގެ މައިންބަފައިންގެ ހަނދާނުގައި މިސްކިތެއް
ތުޅާދޫން މެޑަމް އަށް ބޮޑު ތަރުހީބެއް