Roadha Mihaaru
ފުރަތަމަ ހަ މަހު ކުރި ކައިވެންޏާއި ވަރި މަދުވެއްޖެ

ފުރަތަމަ ހަ މަހު ކުރި ކައިވެންޏާއި ވަރީގެ އަދަދު ދަށްވެއްޖެ

22 އޯގަސްޓް 2017

މިއަހަރުގެ ފުރަތަމަ ހަ މަހު ރާއްޖޭގައި ކުރި ކައިވެންޏާއި ވަރި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މަދުވެއްޖެ އެވެ.

މިއަހަރުގެ ފުރަތަމަ ހަ މަހު ރާއްޖޭގައި ކުރި ކައިވެންޏާއި ވަރި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މަދުވެއްޖެ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް 2،292 ކައިވެނި ކުރިއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 13 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ވަނީ 2،636 ކައިވެންޏެއް ކޮށްފަ އެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 1476 ވަރި ރާއްޖޭގައި ކުރިއިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 18 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި ވަނީ 1،808 ވަރި ކޮށްފަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 3،400 އަށް ވުރެ ގިނަ ވަރި ކޮށްފައި ވާއިރު 5،400 އަށް ވުރެ ގިނަ ކައިވެނި ކޮށްފައިވެ އެވެ.