މިދިޔަ ޖުލައި މަހު ރާއްޖޭގައި ކުރި ކައިވެންޏާއި ވަރީގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
04 އޮކްޓޯބަރ 2017
މިދިޔަ ޖުލައި މަހު ރާއްޖޭގައި ކުރި ކައިވެންޏާއި ވަރީގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭޭއޭ) އިން އާންމުކުރި މިދިޔަ ޖުލައި މަހުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 411 ކައިވެނި ކުރިއިރު މިދިޔަ ޖުލައި މަހު އެ އަދަދު ވަނީ 556 އަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު ވަރިކުރި ނިސްބަތް 24 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިއަ އަހަރުގެ ޖުލައި މަހު ވަރިކުރި އަދަދު 225 ގައި އުޅޭ އިރު މި އަހަރުގެ އެ މަހު ރާއްޖޭގައި 280 ވަރިކުރި އެވެ.
ޑީޖޭއޭ އިން ކުރިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ކުރި ކައިވެންޏާއި ވަރީގެ އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފަ އެވެ.
ކައިވެނީގެ ރަޖިސްޓްރާއަށް ދެއަހަރު ފަހުން އަލުން ވަޒީފާ
ފުރަތަމަ ހަ މަހު ކުރި ކައިވެންޏާއި ވަރި މަދުވެއްޖެ
އަލަތު ކައިވެނި މަދުވެ، ދޮށީ އުމުރުގެ ވަރި ގިނަވަނީ
ބޭރުގައި ކައިވެނި ކުރުން:ނިޒާމު ހަރުދަނާކުރަން ޖެހިިފައި
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
ފެމިލީ ކޯޓުން 97 މިލިއަން ރުފިޔާ ނަގައިދިން
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟
ފެމިލީކޯޓުން ހަ މަސް ނިންމާލީ ބޮޑު ކާމިޔާބީއަކާ އެކު!