ރާއްޖޭގެ ތަރައްގީއަށާއި އިގުތިސޯދު ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޝަރުއީ ނިޒާމުގެ މައްޗަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބާރުވެރި ކުރުވާފައި އޮތް އޮތުން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
27 މެއި 2022
ރާއްޖޭގެ ތަރައްގީއަށާއި އިގުތިސޯދު ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޝަރުއީ ނިޒާމުގެ މައްޗަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބާރުވެރި ކުރުވާފައި އޮތް އޮތުން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މުހިއްމު ވައުދާއެކު ކަމަށެވެ. އެކަމަކު، އިއްޔެ ވެސް އަދި މިއަދު ވެސް ރާއްޖޭގެ ތަރައްގީއަށާއި އިގުތިސޯދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޝަރުއީ ނިޒާމުގެ މައްޗަށް ޖޭއެސްސީ ބާރުވެރިކުރުވާފައި އޮތުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ވިދާޅުވި އެވެ.
އެހެންވެ، އެ އަށް ވުރެ ބޮޑު މަސައްކަތެއް ކުރަން ޖެހިފައި ނެތް ކަމަށާއި އިދިކޮޅު ފަރާތްތަކުން އިސްވެ ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ވެސް ހުއްޓެނީ އެ ހިސާބާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ޖޭއެސްސީ އިސްލާހުކުރުމަށް އެތައް އިސްލާހެއް ހުށަހެޅި ކަމަށް އެމްޑީޕީން ބުންޏަސް އެ ކޮމިޝަން އެކުލެވޭ ގޮތަކަށް ބަދަލެއް ނާދެ އެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުން މަގުމައްޗަށް ނުކުންނަ އިރު ހައްޔަރުކޮށްގެން، ހުކުމް ޖަހައިގެން ތިބެނީ މިނިވަންކަން ނިގުޅައިގެން ކަމަށާއި އެހެން ދިމާވަނީ ފަނޑިޔާރުގެއަށް ފޯރުވާ ނުފޫޒުގެ ސަބަބުން ކަމަށް ޖަމީލް ތުހުމަތުކުރެއްވި އެވެ.
ޕީޕީއެމްގެ ރޭގެ ޖަލްސާގައި އެ ޕާޓީއާ ގުޅުނު މީހެއްގެ ފޯމާ ރައީސް ޔާމީން ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މީގެ ކުރިން ޑީޖޭއޭ ހިންގީ، ޖޭއެސްސީގެ ނުފޫޒެއް ނެތި މިނިވަންކޮށް ކަމަށް، ކުރީގެ ޖަސްޓިސް މިނިސްޓަރު ޖަމީލް ވިދާޅުވި އެވެ. ބައިނަލްއަގުވާމީ މުއާހަދާތަކާ ހަވާލަދެއްވައި ވިދާޅުވީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ.
އެ ސަބަބުތަކާ ހުރެ، އެއް ކަމެއް ރަނގަޅުކުރަން ތެދުވާ ނަމަ ތެދުވާންވީ ޖުޑީޝަރީ މިނިވަންކުރަން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޔާމީންގެ ޝަރީއަތެއް ކައިރިވާއިރަށް މައްސަލަ ބަލާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަކީ އިއްތިފާގެއް ތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ. މިސާލެއްގެ ގޮތުން ނެންގެވީ ޔާމީންގެ މައްސަލަ ތާވަލް ކޮށްފައިވަނިކޮށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލަ ބަލަން ފެށުމެވެ.
ޖަމީލް ވިދާޅުވިގޮތުގައި އެ ބިރުވެރިކަން އޮވެގެން ނުވާނެ އެވެ.
އިދިކޮޅު ހަރަކާތުގެ ރޭގެ ޖަލްސާގައި ރައީސް ޔާމީނާއި އެ ހަރަކާތުގެ ބައެއް އިސްވެރިން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ކަލޭގެ މައްސަލަ ބަލަނީ. މިހާރު މި އޮތީ ބުޅި އަޅުވާފައި. ކަލޭ ހަދާ ނުހަދާ ގޮތް އަހަރެމެން ބަލާނަން،" ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގެ މިސާލެއް ދައްކަވަމުން ޖަމީލް ވިދާޅުވި އެވެ،
ރޭގެ ޖަލްސާގައި ޖަމީލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޑިމޮކްރެޓިކް ކަންކަން ބަލައިނުގަންނަ ކަމަށެވެ. އެންމެ ފުރަތަމަ 2008 ގައި ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ބޭނުންވީ ފެހި ގާނޫނުއަސާސީގެ ކުރިން އޮތް ގޮތަށް ކަންކަން ކުރުމަށް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މި ދެ މީހުން، ކެނެރީގޭ ނަޝީދާއި ކެރަފާ އިބްރާހިމް މުހައްމަދު ސޯލިހު. ދެ މީހުންގެ ވެރިކަމަށް ތި ބޭފުޅުން ބައްލަވާލައްވާ. ދެ މީހުންގެ ވެރިކަމުގައި އެއްވައްތަރު ސިފަތައް، ދެ މީހުންނަކީ ލުޖޭރުން. ހައްގުތައް ލޫޓުވާނީ، ތިޖޫރިން ލޫޓުވާނީ،" އިދިކޮޅު ލީޑަރު ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޖަމީލް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު މި ދަންނަވާލަނީ ދިވެހި ރައްޔިތުންނަށް، އެމްޑީޕީގެ ރައްޔިތުންނަށް ހާއްސަކޮށް ދަންނަވާލަން ބޭނުންވަނީ މާތް ކަލާކޯއޭ، މާތް ކަލާކޯއޭ ތި ބޭފުޅުން ކޮންތާކުން ހޯދި ދެ ގީދަޅުން ހެއްޔޭ، އިންޑިއާ ބަހުން މި ބުނަނީ. ދެ ގީދަޅުން ހެއްޔޭ މިއީ. ދެ ހިޔަޅުން އެހެން ނޫން ނަމަ، މި ދެ ހިޔަޅުން."
ކޯޓުތަކުން ކުރަނީ ނަޖިސް ހުކުމްތައް: ޖަމީލް
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
ސުލޫކީ މައްސަލަ އަކީ ބިރުދެއްކުމުގެ އުކުޅެއް: އިދިކޮޅު
ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން ތޯރިގުގެ އިސްލާހެއް
އިދިކޮޅުގެ ރުޅި ޖޭއެސްސީއަށް: ނިޒާމް ފުނޑާލައިފި!
ގާޒީ އަލީ ރަޝީދަށް ބެންޗުގައި ނީނދެވޭނެ: ޖަމީލް
އަޅުގަނޑު ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ: ޔާމީން
"ކޯޓުތަކަށް ނުފޫޒު ފޯރުވާތަން ބަލާކަށް ނުތިބޭނަން"
އޭޖީ އާއި ސިފައިންގެ ޗީފަކީ ސިޔާސީ ވިޕެއް ނޫން:ޖަަމީލް
ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖައްސައިފި