ޝަރުއީ ދާއިރާއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާ މަންޒަރު ބަލަން ނުތިބޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
16 އޮކްޓޯބަރ 2019
ޝަރުއީ ދާއިރާއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާ މަންޒަރު ބަލަން ނުތިބޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮތީ ނިންމައިފަ އެވެ. އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކަންބޮޑުވުން ފާޅުކުރައްވައިި، ނެރުއްވި ބަޔާނާ ގުޅިގެން އެމަނިކުފާނުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން މިރޭ ވަނީ ނިންމައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޖޭއެސްސީ މިހާރު ފެނިގެންދަނީ އެމްޑީޕީގެ ބެންޗެއްގެ ގޮތުގައި ކަމަށާއި އެ ކޮމިޝަނުން މިހާރު ކުރާ ކަމަކީ އެމްޑީޕީގެ އެޖެންޑާ 19 ތަންފީޒު ކުރުން ކަމަށެވެ. އެގޮތަށް ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅަމުންދާ ފިޔަވަޅުތަކުގެ ބޭނުމަކީ އިސްލާމީ ޝަރީއާ އަށް ޚާއްސަ ވެފައި ތިބި ފަނޑިޔާރުން މަގާމުން ދުރުކޮށް، އެމްޑީޕީން ބޭނުންވާ ބަޔަކު އައްޔަން ކުރުން ކަމަށާއި އެކަންކަމަށް އިދިކޮޅު ކޯލިޝަނުން ޖާގަ ނުދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"މިހާލަތަށް ގައުމު ވެއްޓޭއިރު ޕީޕީއެމް ޕްރޮގްރެސިވް ކޯލިޝަން މަޑަކުން ނުތިބޭނެ. ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި މަޖިލިސް ތެރެއިން އަދި އަޅުގަނޑުމެންގެ މެމްބަރުންގެ އަދަދު ކިތަންމެ މަދަސް." ސައީދު ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ކުރިން ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގި ކަމަށާއި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ފަނޑިޔާރަކު ނިޒާމުން ގެއްލުވާލުމަކީ އޭގެ ހެއްކެއް ކަމަށެވެ. އޭރު ނުފޫޒު ފޯރުވަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން މިހާރު އަނެއްކާވެސް ކުރަމުންދަނީ އެފަދަ މަސައްކަތްތަކެއް ކަމަށާއި އެކަމަކު ވަކި ބައެއްގެ މުދަލަކަށް ޝަރުއީ ދާއިރާ ހެދުމަށް އިދިކޮޅު ކޯލިޝަނުން ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި ވެސް ސާބިތުކަމާ އެކު ރައްޔިތުންނާ އެކު ދެމި ތިބޭނަން. ރާއްޖޭގައި މުސްތަގިއްލު ކަމަށް މިހެން ބުރޫ އަރުވަން އަންނި (މުހައްމަދު ނަޝީދު) އާއި އެމްޑީޕީން ކުރާ ހަމަ ކޮންމެ މަސައްކަތެއްގައި ފާރެއްގެ ގޮތުގައި އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުގައި ހުއްޓިގެން ތިބޭނަން. އެއީ ދިވެހިރާއްޖޭގެ ޖުޑީޝަރީއެއް އަޅުގަނޑުމެން ދުލެއް ނުކޮށްލާނަން ކެނެރީގެ ތެރެއަށް ދާކަށް،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއްވެސް ނިންމުމެއްގެ މައްސަލަ ޖޭއެސްސީއަށް ނުބެލޭނެ ކަމަށާއި އެ ފުރުސަތު ގާނޫނު އަސާސީން އެ ކޮމިޝަނަށް ލިބިފައި ނެތް ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތުގައި ހެޔޮ ނިޔަތެއް ނެތް ކަމަށާއި ސަރުކާރުގެ ބޭނުމަކީ އިސްލާމީ ޝަރީއަތް ރާއްޖެއިން ނައްތާލައި، ހުޅަނގުގެ އުސޫލުތަކެއް ރާއްޖެއަށް ގެނައުން ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ސަރުކާރާއި މަޖިލިސް އެމްޑީޕީއަށް ލިބުނަސް، ޝަރުއީ ދާއިރާގެ ކޮންޓްރޯލް ނެގޭނެ ކަމަށް އުއްމީދު ކުރުމަކީ ގޯހެއް ކަމަށާއި އެ ފުރުސަތު އިދިކޮޅު ކޯލިޝަނުން ނުދޭނެ ކަމަށެވެ. އިދިކޮޅު މެމްބަރުންގެ އަދަދު ކިތަންމެ މަދު ވިޔަސް، އެކަމާ ދެކޮޅަށް އެ ކޯލިޝަނުން ތެދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ބޮޑު ގޮންޖެހުމަކީ ޖޭއެސްސީގެ ބާރު: ޖަމީލް
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
ކޯޓުތަކުން ކުރަނީ ނަޖިސް ހުކުމްތައް: ޖަމީލް
ސުލޫކީ މައްސަލަ އަކީ ބިރުދެއްކުމުގެ އުކުޅެއް: އިދިކޮޅު
ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން ތޯރިގުގެ އިސްލާހެއް
އިދިކޮޅުގެ ރުޅި ޖޭއެސްސީއަށް: ނިޒާމް ފުނޑާލައިފި!
އަޅުގަނޑު ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ: ޔާމީން
ދަށު ކޯޓާ ގުޅުވައި، އިސްތިއުނާފު ލަސްކުރާ ޝަކުވާ!
ހިތްހަމަޖެހޭ ޖަވާބެއް ޖޭއެސްސީން ނުލިބުނު: ޕީޕީއެމް
ޔާމީންގެ މައްސަލަ ލަސްވާތީ ހައިކޯޓާއި ޖޭއެސްސީއަށް