Roadha Mihaaru
މަޑަވެލީގައި އަންހެނަކު މަގުމަތީގައި ދަމާކޫއްތައިފި!

މަޑަވެލީގައި އަންހެނަކު މަގުމަތީގައި ދަމާ ކޫއްތައި އަނިޔާކޮށްފި

21 މާޗް 2023

ގދ. މަޑަވެލީގައި ޒުވާން އަންހެނަކު ގެއަކުން ނެރެން ގެންދަން މަގުމަތީގައި ދަމައި ކޫއްތައި، ތަޅައި އަނިޔާކޮށްފި އެވެ.

ގދ. މަޑަވެލީގައި ޒުވާން އަންހެނަކު ގެއަކުން ނެރެން ގެންދަން މަގުމަތީގައި ދަމައި ކޫއްތައި، ތަޅައި އަނިޔާކޮށްފި އެވެ.

މި އަނިޔާ ދިން މަޑަވެލީގެ 33 އަހަރުގެ ފިރިހެންމީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ ރަށުގައި އަންހެނަކަށް އަނިޔާކުރި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަަމަށެވެ. އެ އަނިޔާގައި އަންހެންމީހާ އަށް ހެލްތު ސެންޓަރުގައި ފަރުވާދޭން ޖެހުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަންހެންމީހާ އަކީ އެ ރަށަށް ގޮސް އުޅުނު އެހެން ރަށެއްގެ މީހެކެވެ.

އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ގެއަކުން ނެރެ ގިނަ ބައެއްގެ ތެރޭގައި އަންހެންމީހާގެ ގައިގައި ތަޅައި އަނިޔާކުރެ އެވެ. އޭގެ ފަހުން އެއް އަތުގައި ހިފައިގެން ގަދަކަމުން މަގުމަތީގައި ދަމައި ކޫއްތާފައި ގެންދާ މަންޒަރު ފެނެ އެވެ. އެގޮތަށް ގެންދިޔައިރު ވެސް ދޭތެރެެއަކުން އަންހެންމީހާގެ ގައިގައި ޖަހައި އަނިޔާކުރި އެވެ.

އެ ފިރިހެން މީހާ ހުއްޓުވީ އަނިޔާކުރި ތަނުގައި ތިބި ބައެކެވެ.

މަޑަވެލިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން އަންހެންމީހާ އެ ރަށަށް ދިޔައީ އަނިޔާކުރި ފިރިހެންމީހާއާ ކައިވެނިކުރުމަށް ކަމަށް ބައެއް މީހުންގެ ގާތުގައި ބުނެފައިވެ އެވެ. މަގުމަތީގައި ދަމައި ކޫއްތާފައި ގެންދިއުމުގެ ކުރިން ވެސް އަންހެންމީހާގެ ގައިގައި ތަޅައި އަނިޔާކުރާތީ ފިރިހެންމީހާގެ އާއިލާގެ ގެއަކަށް ގެންދިޔަ ކަމަށް ވެ އެވެ.