ބާލިން (ޖެނުއަރީ 26) - ދުނިޔޭގައި އެންމެ ކޮރަޕްޝަން ކުޑަ ދެ ގައުމަކީ ނިއު ޒީލެންޑާއި ޑެންމާކް ކަމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގެ މިދިޔަ އަހަރުގެ އަދަދުން ދައްކައިފި އެވެ.
26 ޖެނުއަރީ 2017
ބާލިން (ޖެނުއަރީ 26) - ދުނިޔޭގައި އެންމެ ކޮރަޕްޝަން ކުޑަ ދެ ގައުމަކީ ނިއު ޒީލެންޑާއި ޑެންމާކް ކަމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގެ މިދިޔަ އަހަރުގެ އަދަދުން ދައްކައިފި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ކޮރަޕްޝަން އިންޑެކްސްގައި ގައުމުތައް ދަރަޖަކުރި އިރު ނިއު ޒީލެންޑާއި ޑެންމާކުގެ ސްކޯ އަކީ 90 އެވެ. ރާއްޖެ ދަރަޖަކޮށްފައި ވަނީ މި އިންޑެކްސްގައި ހިމަނާފައިވާ 176 ގައުމުގެ ތެރެއިން 95 ވަނައިގަ އެވެ. ރާއްޖޭގެ ސްކޯއަކީ 36 އެވެ.
ސީޕީއައި އެކުލަވާލަނީ ވޯލްޑް ބޭންކާއި ފްރީޑަމް ހައުސް އާއި އެ ނޫން ވެސް އެ ފަދަ ބައިނަލްއަގުވާމީ 12 އިދާރާއަކުން ހަދާ 13 ދިރާސާ އަކަށް ބިނާކޮށެވެ. މި އިންޑެކްސްގައި ގައުމެއް ހިމަނަނީ، އޭގެ ތެރޭން މަދުވެގެން ތިން ދިރާސާ އަކުން އެ ގައުމަކާ ބެހޭ މައުލޫމާތު ލިބޭ ނަމަ އެވެ.
1. ނިއު ޒީލެންޑް، ޑެންމާކް (90 ޕޮއިންޓް)
3. ފިންލެންޑް (89 ޕޮއިންޓް)
4. ސްވިޑްން (88 ޕޮއިންޓް)
5. ސްވިޒަލެންޑް (86 ޕޮއިންޓް)
6. ނޯވޭ (85 ޕޮއިންޓް)
7. ސިންގަޕޫރު (84 ޕޮއިންޓް)
8. ނެދަލޭންޑްސް (83 ޕޮއިންޓް)
9. ކެނެޑާ (82 ޕޮއިންޓް)
10. ޖާމަނީ، ލަގްޒަމްބޯގް، އިނގިރޭސި ވިލާތް (81 ޕޮއިންޓް)
18. އެމެރިކާ (74 ޕޮއިންޓް)
20. ޖަޕާން (72 ޕޮއިންޓް)
23. ފްރާންސް (69 ޕޮއިންޓް)
57. ހަންގޭރީ، ރުމޭނިޔާ (48 ޕޮއިންޓް)
75. ތުރުކީ (41 ޕޮއިންޓް)
79. ބްރެޒިލް، ޗައިނާ، އިންޑިއާ (40 ޕޮއިންޓް)
131. ރަޝިޔާ (39 ޕޮއިންޓް)
166. ވެނެޒުއެލާ، އިރާގު (17 ޕޮއިންޓް)
169. އަފްޣާނިސްތާން (15 ޕޮއިންޓް)
170. ލީބިޔާ، ޔަމަން، ސޫދާން (14 ޕޮއިންޓް)
173. ސީރިއާ (13 ޕޮއިންޓް)
174. ނޯތު ކޮރެއާ (12 ޕޮއިންޓް)
175. ސައުތު ސޫދާން (11 ޕޮއިންޓް)
176. ސޮމާލިއާ (10 ޕޮއިންޓް)
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 10 ގިންތި ދަށަށް
ކޮރަޕްޝަން އިންޑެކްސްގެ އެންމެބޮޑު ކުރިއެރުން ރާއްޖެއަށް
ކޮރަޕްޝަންގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑު: ދިރާސާ
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 3 ދަރަޖަ ފަހަތަށް
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ
އެސްއޯއީތަކުގެ ބިޑު ހުންނަނީ ވަކި މީހަކަށް ފަހާފައި!
ކޮރަޕްޝަން އިންޑެކްސްގައި މިފަހަރު ވެސް ރާއްޖެ ފަހަތަށް
ކޮރަޕްޝަން އިންޑެކްސް ގައި ރާއްޖެ ފަހަތަށް
"ކޮރަޕްޝަނާ ދެކޮޅަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭ"
އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ގާސިމް