08 ޖުލައި 2023
އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިއްޔެ ކުރި މުޒާހަރާގައި ފޮޓޯއެއް ނެގުމުން ހައްޔަރުކުރި ކަމަށް ބުނާ މީހާ އަކީ ފުލުހުންގެ ކުރިމައްޗަށް އައިސް ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލުމުން ހައްޔަރުކުރި މީހެއް ކަމަށާއި އެ ވަގުތު އެ މީހާގެ ކައިރީގައި ކުޑަކުއްޖަކު ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިއްޔެ ކުރި މުޒާހަރާގައި ފޮޓޯއެއް ނެގުމުން ހައްޔަރުކުރި ކަމަށް ބުނާ މީހާ އަކީ ފުލުހުންގެ ކުރިމައްޗަށް އައިސް ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލުމުން ހައްޔަރުކުރި މީހެއް ކަމަށާއި އެ ވަގުތު އެ މީހާގެ ކައިރީގައި ކުޑަކުއްޖަކު ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
މުޒާހަރާ ކުރި ވަގުތު ސައިކަލުގައި ކުއްޖަކު ގޮވައިގެން ދަމުން ފޮޓޯއެއް ނެގި މީހަކު އަނިޔާވެރިކަމާ އެކު އެ ކުއްޖާ ކުރިމަތީގައި ހައްޔަރުކުރީ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީން ބަޔާނެއް ނެރެ ފުލުހުން ކުށްވެރިކޮށްފައިވެ އެވެ. އަދި އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ފާޑުކިޔުމަށް ޖަވާބުދީ ފުލުހުން ކުރި ޓްވީޓެއްގައި ބުނީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އަކީ އެތުރިގެން ތިބި ފުލުހުންގެ ސަފުގެ ކުރިމައްޗަށް އަރައި ފުލުހުންނާ ދިމާ އަށް އެއްޗެއް އެއްލި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް" ކަމަށެވެ.
"އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި އިރު އެމީހާ ކައިރީ ކުޑަކުއްޖަކު ނެތްކަން ފާހަގަ ކޮށްލަމެވެ." ފުލުހުން ބުނެފައިވެ އެވެ.
އެކަމަކު އާންމުވެފައިވާ ވީޑިއޯތަކުގައި ފުލުހުން އެ މީހާ ހައްޔަރުކޮށް ވެހިކަލަށް އެރުވި އިރު ކުޑަކުއްޖާ ފެންނަން ހުރެ އެވެ. ކުޑަކުއްޖާ ހުއްޓާ މުޒާހަރާގެ ބައިވެރިން ހުތުރު ބަހުން ވާހަކަ ދައްކާތީ ވެސް ވީޑިއޯ އިން އަޑު އިވެ އެވެ.
ކުއްޖެއްގެ ކުރިމަތީގައި މީހަކު ހައްޔަރުކުރީ އެއްވެއް ބެލުމެއް ނެތި އަނިޔާވެރިކޮށް ކަމަށާއި އެކަން ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ވެސް ތަހުގީގުކުރަން ޖެހޭނެ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.
އިދިކޮޅު އިހުތިޖާޖުން އާދަމް ޝަރީފް ހައްޔަރުކޮށްފި
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މީހުން ބަންދަށް
އިދިކޮޅު މުޒާހަރާއިން ގެންދިޔަ އެންމެ ދޫކޮށްލައިފި
މުޒާހަރާއިން ހައްޔަރުކުރި 17 މީހުން ދޫކޮށްލައިފި
މުސްކުޅިއަކު ހައްޔަރުކުރުން: "އެހެންހަދަން ހެޔޮނުވާނެ"
"ގޮތް ނޭނގޭ" މި މީހާ އަށް އެތައް ތުހުމަތެއް!
އިންޒާރު ދީފައި ވަނިކޮށް އިދިކޮޅުން މުޒާހަރާއަށް
އެއްވުން ހުއްޓުވައިފި ނަމަ މައްސަލަ ބަލާނަން: އަދުރޭ