Roadha Mihaaru
އަނބިމީހާއަށް އަނިޔާކުރުމުން 33،700ރ ގެ ޖޫރިމަނާ

އަނބިމީހާ އަށް ތަކުރާރުކޮށް އަނިޔާކުރި މީހަކު 33،700ރ. އިން ޖޫރިމަނާ

10 ޖުލައި 2023

އަނބިމީހާއަށް ތަކުރާރުކޮށް އަނިޔާކުރި މީހެއްގެ މައްޗަށް ފަސް ދައުވާއެއް ސާބިތުވެ 33،700ރ. އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި އެވެ.

އަނބިމީހާއަށް ތަކުރާރުކޮށް އަނިޔާކުރި މީހެއްގެ މައްޗަށް ފަސް ދައުވާއެއް ސާބިތުވެ 33،700ރ. އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި އެވެ.

ރ. މަޑުއްވަރީ މީހެއް ކަމަށްވާ އަހްމަދު އިސާމްގެ މައްޗަށް މި ހުކުމްތައް އައީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފްވުމުގެ ދެ ދައުވާއަކާއި އަނިޔާއެއް ދިނުމުގެ ތިން ދައުވާއެއް ސާބިތުވެގެންނެވެ.

އިސާމް ވަނީ 2019 ވަނަ އަހަރު އޭނާގެ އަނބިމީހާއަށް އަނިޔާކުރި ކަމަށް ބުނާ ހުރިހާ ދައުވާތަކަށް އިބްތިދާއީ މަރުހަލާ އާއި އަވަސް ނިޔާގެ މަރުހަލާގައި ވެސް އެއްބަސްވެފަ އެވެ. އޭނާ ވަނީ އަނބިމީހާ ކޮޓަރީގައި އުޅެނިކޮށް ގޮސް ކަރުގައި އެއްޗަކުން ބާރުކޮށް ނޭވާ ހާސްކޮށް އަތުގައި ދަތް އަޅައި އެކި ބާވަތުގެ އަނިޔާތައް ކުރި ކަމަށް އެއްބަސްވެފަ އެވެ.

އިސާމްގެ މައްޗަށް ސާބިތުވި ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާވުމުގެ ތިން ދަައުވާގައި ޖޫރިމަނާގެ ގޮތުގައި 17،500ރ. އަދި އަނިޔާއެއް ދިނުމުގެ ދެ ދައުވާގެ ޖޫރިމަނާގެ ގޮތުގައި 16،200ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ޖޫރިމަނާ ފައިސާ ތިން މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ޖަލަށް ދާން ޖެހޭނެ އެވެ.

ކުށް ސާބިތުވި ވިސާމަކީ މީހެއްގެ ސައިކަލެއް އަންދާލުމުގެ ތުހުމަތު 2016 ވަނަ އަހަރު ކުރެވިފައިވާ ވެސް މީހެކެވެ.