ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް މައްސަލައެއް ނެތް ކަމަށާއި އެކަމާ މެދު ސަރުކާރުގެ ކަންބޮޑުވުމެއް ނެތް ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
28 ޑިސެމްބަރ 2023
ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް މައްސަލައެއް ނެތް ކަމަށާއި އެކަމާ މެދު ސަރުކާރުގެ ކަންބޮޑުވުމެއް ނެތް ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދު އަދިވެސް ގޮތެއް ނުނިންމަ އެވެ. އަދި ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިޝާރާތްތައް އެމްޑީޕީގެ މެމްބަރުން ދަނީ ދެމުންނެވެ.
މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް މިރޭ ޕީއެންސީއަށް ސޮއިކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން މިހާރު ނޫޅޭ ކަމަށާއި އަދި ރުހުން ނުދިނަސް މައްސަލައެއް ނެތް ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ނުދީފިނަމަ އިތުބާރު ނެތްކަމަށް ފާސްކޮށްގެން ވަޒީރުން ވަކި ކުރުމުގެ ފުރުސަތު މަޖިލީހަށް ނޯންނާނެ ކަމަށާއި އެހެންވެ، ރުހުން ނުދީފާނެތީ ސަރުކާރުން ކަންބޮޑުނުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު އެހާ ވަރަކަށް ތިޔަ ރުހުން ހޯދާކަށް ނުވެސް އުޅެން. ރުހުން ދެންޏާ ދޭންވީ. ނުދެންޏާ ނުދީ ތިއްބަވަންވީ. ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން އެމަނިކުފާނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން މީހުން އައްޔަން ކުރުމުގެ ބާރު ލިބިދޭ. ރުހުން ނުދީފިއްޔާ އެއްގޮތުން މާ ރަނގަޅު. އޭރަށް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން ވަޒީރުން ވައްކެއް ނުކުރެވޭނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނަސް، ގާނޫނު އަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސަރުކާރު ހިންގަން އައްޔަން ކުރައްވާ ބޭފުޅުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަމާ މެދު ސަރުކާރުގެ ކަންބޮޑުވުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމުގައި އަޅުގަނޑުމެންގެ ކަންބޮޑުވުމެއް ނެތް މިހާރު. އަޅުގަނޑުމެން މި ތިބީ ރުހުން ދޭތޯ ނުދޭތޯ ބަލާކަށް ނޫން. އަޅުގަނޑުމެން މި ތިބީ ރައްޔިތުންނާ އެކީގައި ކުރިއަށް ދާން." ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަޖިލިސް ތެރެއިން ވިޔަސް ސަރުކާރު ވައްޓާލާކަށް ފުރުސަތެއް ނުލިބޭނެ އެވެ. އަދި ރައްޔިތުން ވެސް ތިބީ ސަރުކާރާ އެކު ކަމަށާއި އެކަން އެ ޕާޓީގެ މެމްބަރުންގެ އަދަދުން ވެސް މިހާރު ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ކަމަށެވެ. އަދި ޑިމޮކްރަސީ ދަސްކުރަންވީ ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގައި އެޖެންޑާ ކުރުމަށްފަހު މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ނުކުރެވޭތީ ކަމަށް ބުނެ މަޖިލީހުން ވަނީ ރުހުން ދިނުމާ މެދު ގޮތެއް ނިންމުން ފަސްކޮށްފަ އެވެ.
ޕީއެންސީ ޕްރައިމަރީން ފުރުސަތު ނުދިނުމުން ހޫނުވެއްޖެ
އިނގިލި ބުރިކޮށްލިޔަސް އަޅުގަނޑާ ދެކޮޅު ނުވާނެ:ރައީސް
ވަޒީރުންގެ ރުހުން ލަސްކޮށް، ދޭން އުޅެނީ އަދަބެއް!
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
މަޖިލިސް ބައިބައި ކުރުމުގެ ފުރުސަތެއް ދެން ނޯންނާނެ
ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ޖަމްއިއްޔާތައް ދެކޮޅު
ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އިސްލާހުކުރަނީ