08 ފެބުރުއަރީ 2024
އޮސްޓްރޭލިއާގައި ވެރިން އެ މީހުންގެ މުވައްޒަފުންނަށް ނުރަސްމީ ވަގުތުތަކުގައި ކުރާ، ކޮންމެހެން ކުރަންނުޖެހޭ ކޯލްތަކަށް އަޅާނުލުމުގެ ހައްގު ދީ، އެފަދަ ކޯލްތައް ކުރާ ވެރިން ޖޫރިމަނާކުރުމުގެ ބާރު ލިބޭ ގޮތަށް ގާނޫނު ހަދަން ނިންމައިފި އެވެ.
އޮސްޓްރޭލިއާގައި ވެރިން އެ މީހުންގެ މުވައްޒަފުންނަށް ނުރަސްމީ ވަގުތުތަކުގައި ކުރާ، ކޮންމެހެން ކުރަންނުޖެހޭ ކޯލްތަކަށް އަޅާނުލުމުގެ ހައްގު ދީ، އެފަދަ ކޯލްތައް ކުރާ ވެރިން ޖޫރިމަނާކުރުމުގެ ބާރު ލިބޭ ގޮތަށް ގާނޫނު ހަދަން ނިންމައިފި އެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ލޯ އަށް ގެންނަން ހުށަހަޅާފައިވާ "ރައިޓް ޓު ޑިސްކަނެކްޓް" އަކީ މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ބެލެންސް ކުރުމަށް މުހިންމު ކަމަކަށް ވާނެ ކަމަށް ވަނީ ބުނެފަ އެވެ.
މަސައްކަތުގެ ވަގުތު ނިމުމުން ފޯން ފަދަ މުއާސަލާތީ ޑިވައިސްތައް ނިއްވާލައިގެން އުޅުމުގެ ހައްގަކީ މިހާރު ވެސް ފްރާންސް، ސްޕެއިން އަދި ޔޫރަޕިއަން ޔުނިއަންގެ ބައެއް ގައުމުތަކުގައި ލިބިދޭ ހައްގެކެވެ.
އޮސްޓްރޭލިއާގައި ގެންނަން އުޅޭ މި ބަދަލަށް ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުން މިހާރު ވެސް ވަނީ ތާއީދު އޮތްކަން ހާމަކުރައްވާފައި ކަމަށް އެމްޕްލޯއިމަންޓް މިނިސްޓަރު ޓޯނީ ބްރޫކް އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފަ އެވެ.
ލޭބާ ޕާޓީގެ ވަޒީރު ވިދާޅުވީ ރަސްމީ ގަޑި ނިމުމުން މަސައްކަތާ އެއްކޮށް ވަކިވެ، ވެރިންގެ ކޯލްތަކަަށް އަޅާނުލައި ހުރުމުގެ ހައްގު ލިބުމަކީ އިތުރު ގަޑީގެ ފައިސާ ނުލިބި އިތުރު މަސައްކަތް ކުރަން ޖެހުން ނިމުމަކަށް ގެނައުމަށް އެޅޭ ބާރަކަށް ވާނެ ކަމަށެވެ.
"މި ބުނާ ވާހަކަ އަކީ 24 ގަޑިއިރަށް މުސާރަ ނުލިބޭ ނަމަ، 24 ގަޑިއިރު އޭނާ މަސައްކަތަށް ހުސްވެގެން ހުންނާކަށް ނުޖެހޭނެޔޭ. އެކަމަށް އެ މުވައްޒަފަކަށް އަދަބެއް ލިބިގެން ނުވާނެޔޭ،" ބްރޫކް ވިދާޅުވި އެވެ.
މި ފެށޭ ހަފްތާ ތެރޭ ހުށަހަޅާ މި ބިލްގައި މި ނޫނަސް ވަޒީފާއާ ގުޅުން ހުރި މުހިންމު ކަންކަން ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، ދާއިމީ އަދި ވަގުތީ ވަޒީފާތައް ކަނޑައެޅުމާ ގުޅޭ ކަންކަން ވެސް ހިމެނެ އެވެ. -- ރޮއިޓާސް
ގައުމީ ތަރައްގީގެ ޕްލޭނަށް އޮސްޓްރޭލިއާގެ އެހީ ހޯދަނީ
މަރުގެ މައްސަލައެއްގައި 47 އަހަރު ފަހުން ބަންދަށް
ކުއްޖެއްގެ ގަޔަށް ކޮފީ އަޅައި ފިއްސާލި މީހަކު ހޯދަނީ
ނުރަސްމީ ވަގުތު ޖަވާބު ނުދިނުމުގެ ހައްގު ދީފި
އޮސްޓްރޭލިއާ ނޭވީގެ އިމާމް ރާއްޖޭގައި ހުތުބާ ދެއްވަނީ
މަޖުބޫރު ކައިވެނިން ދަރިފުޅު މަރުވުމުން މަންމަ ޖަލަށް
އައިޓީ ސިސްޓަމްތައް ހުއްޓި ގައުމުތަކުގައި ހާސްކަން
ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް ބޭރުގެ މައުރަޒަކަށް
މުއިއްޒުގެ "ޕްރޯ-މޯލްޑިވްސް" ސިޔާސަތަށް ތައުރީފު
އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންގެ އަޑު މަޖިލީހަށް