Roadha Mihaaru
ބްލަންކް ހުޅުވުމާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް

ބްލަންކް ހުޅުވުމާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

08 އެޕްރީލް 2018

ފާާޚާނާ އާއި ގޭތެރެ ޑިޒައިން ކުރާ ސާމާނަށް ޚާއްސަ ކޮށްގެން ވެލިގާ ހާޑްވެއާ އިން ހުޅުވި ފިހާރަ، "ބްލަންކް" އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާާޚާނާ އާއި ގޭތެރެ ޑިޒައިން ކުރާ ސާމާނަށް ޚާއްސަ ކޮށްގެން ވެލިގާ ހާޑްވެއާ އިން ހުޅުވި ފިހާރަ، "ބްލަންކް" އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ބްލަންކް އިން ކުރާ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ކުރާ ކޮންމެ 500ރ. ގެ ވިޔަފާރި އަކަށް އިތުރު ކޫޕަނެއް ލިބޭއިރު، 500 ރ. އިން މަތީގެ ވިޔަފާރި ކޮށްގެން ވަގުތުން ދޭ އިނާމުތަކާއި ވައުޗާ ވެސް މި ޕްރޮމޯޝަންގައި ހިމެނެ އެވެ.

ވެލިގާ އިން ބުނީ އެ ޕްރޮމޯޝަންގައި ޖުމުލަ 85،000ރ. ގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއްވަނަ އިނާމަކަށް 15،000ރ. ގެ ވައުޗަރެއް ދޭއިރު ދެވަނަަ އިނާމަކީ 10،000ރ. ވައުޗަރެކެވެ. އަދި ތިނަވަނަ އިނާމަކަށް 5،000ރ. ގެ ވައުޗަރެއް ދޭން ވަނީ ހަމަޖެހިފައިވެ އެވެ. ވައުޗަރު ލިބޭ ކޮންމެ މީހަކަށް ވެލިގާގެ ކޮންމެ ފިހާރައަކުން އަދި ބްލަންކް އިން ވައުޗަރުގައިވާ އަދަދަށް ތަކެތި ގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި ބްލަންކް އަކީ ފާޚާނާ އަށް ބޭނުންވާ ސާމާނާއި ބަދިގެ އަދި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދޭ ބްރޭންޑެކެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ބްރޭންޑްތަކުގެ އިސްކުރާއި ޝަވަރާއި ފާޚާނާގެ ސާމާނާއި އެކި ޑިޒައިންތަކުގެ ލައިޓް ފަދަ އެތައް ޕްރޮޑަކްޓެއް އެ ޝޯރޫމުން ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ވީއާރްއެޗް، މެޑްކާ، ޑަސް، ސްޓާ، ހޮއީ އަދި އޮސްލެޑާގެ އުފެއްދުންތައް ވެސް ހިމެނެ އެވެ. އަދި ޝޯރޫމް ޑިޒައިން ކޮށްފައި ވަނީ ގެދޮރު ހެދުމަށާއި ގެސްޓް ހައުސް އަދި ރިޒޯޓުތަކަށް ބޭނުންވާ އެފަދަ ހުރިހާ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ފަސޭހަ އިން ގަނެވޭ ގޮތަށެވެ.