06 މާޗް 2024
އިންޑިއާގައި ސްޕެއިންގެ އަންހެން ޓޫރިސްޓަކު ގޭންގްރޭޕް ކުރި ކަމުގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
އިންޑިއާގައި ސްޕެއިންގެ އަންހެން ޓޫރިސްޓަކު ގޭންގްރޭޕް ކުރި ކަމުގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެން މިހާރު ހައްޔަރުކުރެވުނީ އެވެ.
މޮޓޯސައިކަލެއްގައި ފިރިމީހާއާ އެކު އެކި ގައުމުތަކަށް ދަތުރުކުރަމުން ދިޔަ ޓޫރިސްޓު ރޭޕްކުރީ މިދިޔަ ހަފްތާގައި އިންޑިއާގެ އިރުމަތީ ސްޓޭޓް، ޖަރްޚަންދުގަ އެވެ. އެއީ ދަތުރުގައި ދެމަފިރިން ކޭމްޕުކުރި ތަނެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ވަނީ ފަހުން ހައްޔަރުކުރި ފަސް މީހުން ބިޑި އަޅުވައި، އެކަކު އަނެކަކު ގައިގައި ވާ ޖަހައި އެއްސުމަށް ފަހު ފުލުހުންގެ ވެހިކަލެއްގެ ކުރިމަތީގައި ބައިތިއްބާފައި ތިބި މަންޒަރު ދައްކައިފި އެވެ.
ހޯމަ ދުވަހު ވަނީ މި މައްސަލައިގައި އެންމެ ފުރަތަމަ އަތުލައިގަނެވުނު ތިން މީހުން ކަނުބަނދެ ވާޖަހައިގެން ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.
"ސްޕެއިން އަންހެނަކު ގޭންގްރޭޕްކުރި ކަމުގެ ތުހުމަތަށް މިހާތަނަށް ވަނީ އަށް މީހަކު ހައްޔަރުކޮށްފައު،" ފުލުހުންގެ އިސް އޮފިސަރަކާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުންޏެވެ.
އެންޑީޓީވީން ބުނި ގޮތުގައި، މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންނަށް ބަދަލު ދިނުމަށް އެކުލަވާލާފައި އޮންނަ ސްކީމްގެ ދަށުން ޓޫރިސްޓު ދެމަފިރިންނަށް ސަރުކާރުން މިހާރު ވަނީ 12،000 ޑޮލަރުގެ ޗެކެއް ދީފަ އެވެ.
ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު އިންޑިއާގައި އެވްރެޖްކޮށް ރޭޕްގެ 90 މައްސަލަ ކޮންމެ ދުވަހަކު ރިޕޯޓްކުރެ އެވެ. މިފަދަ މައްސަލަތަކުގެ ވާހަކަ ދެއްކުން ލަދުވެތި ކަމެއްގެ ގޮތުގައި ދެކޭތީ އާއި ތަހުގީގުގައި ފުލުހުންނަށް އިތުބާރު ނޯންނާތީ ހުށަނާޅާ މައްސަލަތައް ވެސް ވަރަށް ގިނަ އެވެ.
އިންޑިއާގެ ދަރިވަރަކު ގޭންގު ރޭޕްކޮށް މަރާލި މައްސަލައަކުން 2012 ވަނަ އަހަރު މުޅި ދުނިޔެ ސިހުނެވެ. ވެހިކަލެއްގެ ތެރޭ އެ ދަރިވަރު ރޭޕްކޮށް ޖިންސީ އަދި ޖިސްމާނީ ލާއިންސާނީ އެތައް އަނިޔާއެއް ކުރުމަށް ފަހު މަގުމައްޗަށް އެއްލައިލި ލާއިންސާނީ އަމަލާ އެކު ރޭޕްގެ ކުށަށް އިންޑިއާގައި މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު ބަދަލު ވެސް ކުރި އެވެ. --އޭއެފްޕީ
ވެސްޓް ބެންގަލްގައި ރޭޕަށް މަރުގެ އަދަބު ދެވޭ ގާނޫނެއް
ރޭޕާ ދެކޮޅު މުޒާހަރާ ހޫނުވެ 100 މީހަކު ހައްޔަރު
އިންޑިއާ ޑޮކްޓަރުންގެ ރައްކާތެރިކަން ބަލަން ޓާސްކްފޯހެއް
ދިވެހިން ގިނަ ކެރަލާގެ ޑޮކްޓަރުން ވެސް ހަޅުތާލުގައި
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ޑޮކްޓަރުގެ މަރަކީ ގޭންގު ރޭޕެއް ކަމަށް ތުހުމަތުކޮށްފި
އިންޑިއާގައި ޑޮކްޓަރެއް ރޭޕްކޮށް މަރާލުމުން ހަޅުތާލަށް
އިންޑިއާގައި ޓޫރިސްޓަކު ގޭންގްރޭޕް ކޮށްފި
ރޭޕްކުރި މީހުން މިނިވަންކުރުމުން އިންޑިއާގައި މުޒާހަރާ
ރޭޕްގެ ޝިކާއަރަކަށްވި ތަރިއަކު އެ ވާހަކަ ކިޔައިދީފި