މާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދައިދޭން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
26 މާޗް 2024
މާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދައިދޭން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި، މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ޗާންދަނީ މަގުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދަށް އެންމެ ބޮޑު އިސްކަމެއް ދީގެން ރާވަމުން އަންނަ މަސައްކަތަކީ ބޯހިޔާވަހިކަމާއި މަގު ހެދުމުގެ މަސައްކަތް ކަމަށެވެ.
ޕީއެންސީގެ ޓިކެޓުގައި މައްޗަންގޮޅި މެދުދާއިރާ އަށް ވާދަކުރާ ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑު ވަރަށް އުފަލާ އެކު މި ދަންނަވަނީ، ޗައިނާ ސަރުކާރުން ހިލޭ އެހީގައި، ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގުތަކެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ،" ރައީސް ވިދާޅުވި އެވެ.
"ޗައިނާގެ ޑެލިގޭޝަން ކަމާ ބެހޭ ޓީމް މިހާރު ރާއްޖޭގައި އެބަ އުޅޭ، އެ ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ކޮށް ނިމުމުން އެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ."
މަސައްކަތެއްކުރަން މަޖީދީމަގު ކޮނެފައި މާރާމާތުނުކޮށް-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް މަގުތައް ހެދުމުގެ މަސައްކަތް ކުރައްވަން ފެއްޓެވި ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެ ކަމަށް ހުރަސް އަޅާ، ބަޖެޓު ހިފެހެއްޓި ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރުގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމުގެ މަޝްރުއޫ ކަމަށް ރައީސް މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
ބަޔާނުން އެނގުނީ ރައީސްގެ ޕްލޭނެއް އޮތްކަން:މުއްތަލިބް
މާލޭގައި ޕާކިން ބިލްޑިންތައް އަޅަނީ އިންޑިއާގެ އެހީގައި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ
ދެ އިންތިހާބު އެއްކޮށްލުމާއެކު، މުހިންމު ބިލުތަކެއް!
ގެދޮރުވެރިކަމުގެ ލޯނު ޖުލައި މަހު ދޫކުރަން ފަށަނީ