ދެ ޖަނަރޭޓަރު ހަލާކުވެ، ހއ. ކެލާގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.
13 ފެބުރުއަރީ 2025
ދެ ޖަނަރޭޓަރު ހަލާކުވެ، ހއ. ކެލާގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.
އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު "މިހާރު" އަށް ވިދާޅުވީ ރަށުގެ އެކި ހިސާބުތަކުން އިއްޔެ 10 ވަރަކަށް ފަހަރު ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އާބާދީގައި 1،700 އެއްހާ މީހުން އުޅޭ ކެލާގައި ބޭނުންކުރަނީ 450 ކިލޯވޮޓުގެ ދެ ޖަނަރޭޓަރާއި 600 ކިލޯވޮޓުގެ ޖަނަރޭޓަރެެކެވެ. އޭގެ ތެރެއިން މި ވަގުތު މަސައްކަތް ކުރަނީ 450 ކިލޯވޮޓުގެ އެއް ޖަނަރޭޓަރު އެކަންޏެވެ.
އިންފާޒު ވިދާޅުވީ މުޅި ރަށަށް ކަރަންޓު ދިނުމަށް 500 އަށް ވުރެ ގިނަ ކިލޯވޮޓު ބޭނުންވާ ކަމަށެވެ. އެކަމަކު މި ވަގުތު އެ ވަރަށް ކަރަންޓު ނުއުފެއްދޭތީ ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ރަށުގެ އެކި ސަރަހައްދުތަކަށް ބަހައިގެން ކަމަށް ވިދާޅުވި އެވެ.
"މި ވަގުތު ވެސް ރަށުގެ ބައެއް ހިސާބުތަކުގައި ކަރަންޓު ނެތް. ސްވިޗު ކޮށްގެން އެކި ހިސާބުތަކަށް ދެމުން އެ ދަނީ،" އޭނާ ރޭ ވިދާޅުވި އެވެ.
އިންފާޒު ވިދާޅުވި ގޮތުގައި ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވުމާ އެކު، އެ އަތޮޅު އުތީމު އިންޖީނުގެ އިން ބައެއް ސްޕެއާ ޕާޓްސްތައް ގެނެސްގެން އެ މައްސަލަ ހައްލުކުރެވޭތޯ ހަވީރުއްސުރެ ފެނަކައިން މަސައްކަތް އެބަ ކުރެ އެވެ. އެކަމަކު އެ މައްސަލަ އެއްކޮށް ހައްލުކުރެވޭނެ އިރެއް ސާފެއް ނޫނެވެ.
ކެލާގައި އިން ކަރަންޓު ކެނޑެމުންދާ މައްސަލާގައި ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ ކޮންމެ 15 މިނިޓަކުން ކަރަންޓު ކެނޑެމުންދާ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންގެ އަގު ބޮޑެތި ސާމާނަށް ގެއްލުންވަމުންދާ ކަމަށް ބުނެ އެ މީހުން ނުރުހުން ފާޅުކުރި އެވެ.
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
އައްޑޫގައި ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ
އަނެއްކާވެސް އައްޑޫން ކަރަންޓުކެނޑޭ މައްސަލަ ބޮޑުވެއްޖެ
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
ކަރަންޓް ބިލްތަކަށް 400 މިލިއަން ފެނަކައަށް ނުލިބޭ
ފެނަކައަށް 39ޖަނަރޭޓަރު ގަނެ މައްސަލަތައް ހައްލުކުރަނީ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރަނީ