މިފްކޯގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރައްވައިފި އެވެ.
30 ޑިސެމްބަރ 2024
މިފްކޯގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ބުނީ މިފްކޯގެ ޗެއާޕާސަން ކަމުން ޝަރީފް ވަކިކޮށް، އޭނާ އައްޔަން ކުރައްވާފައި ވަނީ އެމްފޯމްޕީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ މިފްކޯ އިން ޝަރީފް ވަކިކޮށް، އޭނާ އައްޔަން ކުރެއްވި ކުންފުންޏަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ބާނާ މަސް، ބޭރުގެ ބާޒާރަށް ނެރުމަށް މާކެޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެެކެވެ.
ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އެކުލެވޭ އެ ކުންފުނި އުފައްދާފައިވަނީ މަސްވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކުރުމުގެ ބޭނުމުގަ އެވެ.
"މިފްކޯއަށް ސިޔާސީ ނުފޫޒު ފޯރުވަން ޖާގައެއް ނުދޭނަން"
މިފްކޯގެ ސީއީއޯގެ މަގާމުން ވިޓާލީ ވަކިކޮށްފި
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މިފްކޯއަށް ސީއީއޯއަކު ހޯދަން އަލުން އިއުލާންކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ބަންދުކޮށްފި
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި