ދިވެހިންނަށް އެސްޓޯނިއާގައި ކިޔެވުމުގެ ފުރުސަތު ދިނުމާ ގުޅޭގޮތުން އެ ގައުމުގެ އެޑިއުކޭޝަން އެންޑް ރިސާޗު މިނިސްޓަރު ކްރިސްޓީނާ ކެލަސް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
14 ޖެނުއަރީ 2025
ދިވެހިންނަށް އެސްޓޯނިއާގައި ކިޔެވުމުގެ ފުރުސަތު ދިނުމާ ގުޅޭގޮތުން އެ ގައުމުގެ އެޑިއުކޭޝަން އެންޑް ރިސާޗު މިނިސްޓަރު ކްރިސްޓީނާ ކެލަސް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
އެ މަޝްވަރާތައް ކުރެއްވީ ރައީސް މުއިއްޒު އެސްޓޯނިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކްރިސްޓީނާ ކެލަސް، ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ޒުވާނުންނަށް ހުރި ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.
އެގޮތުން، އެސްޓޯނިއާގައި ދިވެހި ދަރިވަރުންނަށް ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާއި އެ ނޫން ވެސް ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވެސް އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުން މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެސްޓޯނިއާގެ މިނިސްޓާ އޮފް އެޑިއުކޭޝަން އެންޑް ރީސާޗް ކްރިސްޓީނާ ކެލަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވަނީ އެސްޓޯނިއާގެ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމާއި އުނގެނުމުގައި ގެންގުޅޭ އީޖާދީ އުކުޅުތަކަށް ތައުރީފު ކުރައްވައިފަ އެވެ. އެ ގައުމުގެ ކާމިޔާބީތަކުން ހިތްވަރު ހޯދައިގެން ރާއްޖޭގެ ތައުލީމީ ނިޒާމު ފުޅާކުރުމުގެ ޝައުގުވެރިކަން ވެސް އެ މަނިކުފާނު މުއިއްޒު ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތައުލީމީ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާތައް ރައީސް މުއިއްޒާއި އެސްޓޯނިއާގެ އެޑިއުކޭޝަން މިނިސްޓަރު ކުރެއްވިއިރު، އެ ބައްދަލުވުމުގައި ދެ ގައުމުން ވެސް ވަނީ އިޖާދީ އުފެއްދުންތެރިކަމާއި ތައުލީމީ ފުރުސަތުތައް މެދުވެރިކޮށް، ގުޅުން ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސް މުއިއްޒު އެސްޓޯނިއާ އަށް ވަޑައިގެން އުޅުއްވަނީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށެވެ.
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރަނީ
"ދިވެހިންނަށް ފައިދާވާ ހުރިހާ މަގަކުން ކުރިއަށްދާނަން"
މިއީ ރާއްޖެ-އެސްޓޯނިއާގެ ގުޅުމުގެ އާ ދައުރެއްގެ ފެށުން
ރާއްޖޭން ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ދޮގުކޮށްފި
"އެސްޓޯނިއޯއަކީ ރާއްޖެއިން ކުރާ ދަތުރުގައި ނަމޫނާއެއް"
"ޑިޖިޓަލް ރާއްޖެ"ކުރިއަރުވަން އެސްޓޯނިއާގެ އެހީތެރިކަން
ޑިޖިޓަލް ކުރިއެރުންތައް ރައީސް ބައްލަވާލައްވައިފި
ރައީސް މުއިއްޒުގެ ޝުކުރު އެސްޓޯނިއާގެ ރައީސަށް
އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ތައުރީފު ހައްގު