ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތަކާއި ހިންގުން ޑިޖިޓައިޒް ކުރުމާ އެކު، އަލަށް ފަށާ ވިޔަފާރިތައް ކުރިއަށް ދިޔުމަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމުގައި އެސްޓޯނިއޯ އަކީ ރާއްޖޭން އެ މިސްރާބަށް ކުރަމުންދާ ދަތުރުގައި ނަމޫނާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތަކާއި ހިންގުން ޑިޖިޓައިޒް ކުރުމާ އެކު، އަލަށް ފަށާ ވިޔަފާރިތައް ކުރިއަށް ދިޔުމަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމުގައި އެސްޓޯނިއޯ އަކީ ރާއްޖޭން އެ މިސްރާބަށް ކުރަމުންދާ ދަތުރުގައި ނަމޫނާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް އިއްޔެ ވަނީ އެ ގައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު ރައުންޑްޓޭބަލް މަޝްވަރާތަކެއް ބާއްވައިފަ އެވެ.
އެ މަޝްވަރާތަކަށް ފަހު، ރައީސް އެކްސްގައި ވިދާޅުވީ، ޑިޖިޓަލް ވެއްޓަކަށް އެސްޓޯނިއާ އިން ކުރި ފާހަގަކޮށްލެވޭ ދަތުރާ ބެހޭ މައުލޫމާތު ލިބިވަޑައިގަތުމުގެ އިތުރުން އެ ދާއިރާ އިން ދެ ގައުމުގެ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަރަށް ހަރުދަނާ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދަކީ ރާއްޖޭގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގައި އީޖާދީ ވިސްނުންތައް ކުރިއެރުވުމުގައި ދެ ގައުމު މެދުގައި ގާތް ގުޅުމެއް އުފައްދައި، މަސައްކަތްތައް ކުރުން،" ރައީސް ވިދާޅުވި އެވެ.
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު އިއްޔެ ބޭއްވި މަޝްވަރާތައް އަމާޒުކުރީ ރައީސް އޮފީހުން ބުނިގޮތުގައި، ރާއްޖޭގެ މިހާރުގެ ހާލަތު ދެނެގަތުމާ އެކު، ޑިޖިޓަލް ތަރައްގީގެ ރޮނގުން އެންމެ ބޭނުންތެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށެވެ.
އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އަށް ލަފާ އަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު ބޭއްވި "ރައުންޑްޓޭބަލް" މަޝްވަރާތަކުގައި ރައީސް މުއިއްޒު ވަނީ "ޑިޖިޓަލް ރާއްޖެ" އަކަށް ހެދުމަށް އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ތަސައްވަތު ހިއްސާ ކުރައްވައިފަ އެވެ.
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ފާހަގަކުރެއްވި ގޮތުގައި "ޑިޖިޓަލް ރާއްޖެ" ގެ ތަސައްވުރަކީ، އެންމެންނަށް ވެސް ބޭނުން ހިފޭ، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަސައްވުރެކެވެ.
ރައީސް މުއިއްޒު އިއްޔެ ވަނީ އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިން ސެންޓަރަށް ވަޑައިގެން އެ ގައުމުގެ ޑިޖިޓަލް ނިޒާމުގެ ކުރިއެރުންތަކާ ގުޅޭ މައުލޫމާތުތައް ވެސް އޮޅުން ފިލުއްވައިފަ އެވެ.
އެސްޓޯނިއާގެ ޑިޖިޓަލް ޝޮސައިޓީ އަދި އީ-ގަވަނަންސްގެ އާ އީޖާދުތަކާއި އީ-ރެސިޑެންސީ އާއި ޑިޖިޓަލް އައިޑީކާޑާއި އީ-ޓެކްސޭޝަނާއި އެކްސް ރޯޑު ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ކަންކަމުން ހޯދާފައިވާ ކާމިޔާބީތައް އީ-އެސްޓޯނިއާ ބްރީފިން ސެންޓަރުގެ ޕްރެޒެންޓޭޝަންގައި ދައްކައިލި އެވެ.
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރަނީ
"ދިވެހިންނަށް ފައިދާވާ ހުރިހާ މަގަކުން ކުރިއަށްދާނަން"
މިއީ ރާއްޖެ-އެސްޓޯނިއާގެ ގުޅުމުގެ އާ ދައުރެއްގެ ފެށުން
ރާއްޖޭން ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ދޮގުކޮށްފި
"ޑިޖިޓަލް ރާއްޖެ"ކުރިއަރުވަން އެސްޓޯނިއާގެ އެހީތެރިކަން
ޑިޖިޓަލް ކުރިއެރުންތައް ރައީސް ބައްލަވާލައްވައިފި
އެސްޓޯނިއާއިން ތައުލީމީ ފުރުސަތު ހޯދަން މަޝްވަރާ ކޮށްފި
ރައީސް މުއިއްޒުގެ ޝުކުރު އެސްޓޯނިއާގެ ރައީސަށް
އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ތައުރީފު ހައްގު