ޣައްޒާ ހިފައި އެތަނުން ފަލަސްތީނުގެ ރައްޔިތުން ބޭރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަންތައްތަކެއް ކަމަށާއި އެ ކަންކަމުގެ ސަބަބުން ހަމަނުޖެހުން އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށް އަރަބް ލީގުން މިއަދު ބުނެފި އެވެ.
ޣައްޒާ ހިފައި އެތަނުން ފަލަސްތީނުގެ ރައްޔިތުން ބޭރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަންތައްތަކެއް ކަމަށާއި އެ ކަންކަމުގެ ސަބަބުން ހަމަނުޖެހުން އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށް އަރަބް ލީގުން މިއަދު ބުނެފި އެވެ.
"އެމެރިކާ އާއި އެ ގައުމުގެ ރައީސް މެދުއިރުމަތީގައި އިންސާފުވެރި ސުލްހައެއް ގާއިމުކުރުމަށް ބޭނުންވާ ކަމުގެ ޔަގީންކަން އެބަ އޮތް" ކަމަށާއި ނަމަވެސް ޓްރަމްޕްގެ ހުށަހެޅުއްވުމަކީ ފަލަސްތީނު ރައްޔިތުން ވަޒަނުން ނެރެ ވިއްސިވިހާލިކޮށްލުމަށް ބާރުއެޅުން ކަމަށާއި އަރަބި އަދި ބައިނަލްއަގުވާމީ މުޖުތަމައުން އެކަމާ އަބަދުވެސް ދެކޮޅު ކަމަށް އަރަބި ލީގުގެ ސެކްރެޓޭރިއަޓުން ބުންޏެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ 15 މަސް ދުވަސް ފަހުން މި ވަގުތަށް ވަނީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލައިފަ އެވެ. އެތަން އެއްކޮށް ސުންނާތިވެފައި ވެފައި ވާއިރު ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާއިން އާންމުން ނެރެ އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންގޮސް ހިތްގައިމު ތަނެއްގެ ގޮތުގައި އެތަން ތަރައްގީކުރާނީ ކަމަށެވެ.
މި ވާހަކައާ އެކު އިސްލާމީ އަދި އަރަބި ގައުމުތަކުން ދެކޮޅުހަދަމުން ދަނިކޮށް، 22 މެންބަރުން ހިމެނޭ އަރަބް ލީގުން ބުނީ ޓްރަމްޕްގެ ހުށަހެޅުމަކީ "ހަމަނުޖެހުން ބޮޑުވާނެ ގޮތެއް" ކަމަށެވެ. އަދި މި ކަންކަން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް ކަމަށް ބުންޏެވެ.
ޣައްޒާއިން މީހުން ހުސްކޮށް އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންދިއުމުގެ ވާހަކަ ޓްރަމްޕް ވައިޓް ހައުސްގައި ދެއްކެވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރުމަށް ފަހު އޭނާއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ. އެއާ އެކު އެކި ގައުުމުތަކާއި ޖަމާއަތްތަކުން ދަނީ ޓްރަމްޕުގެ ވާހަކަ ކުށްވެރިކުރަމުންނެވެ.
އަރަބް ލީގުގެ ސެކްރެޓޭރިއަޓްގެ ބަޔާނުގައި ވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތް ގާއިމުކުރުމުގެ ހައްލެއް ގެނައުމަށް ގޮވާލައިފަ އެވެ. "ހިފާފައިވާ ހުޅަނގު އައްސޭރި އާއި ޣައްޒާ ވެސް، މުސްތަގުބަލުގައި އުފެދޭ ފަލަސްތީނުގެ ދައުލަތުގެ ތެރޭގައި ހިމެނޭ" ކަމަށާއި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އުނިކަމެއް ނުގެނެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކަ ތުރުކް ވެސް ވިދާޅުވީ، އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ސަރަހައްދުތަކަށް ގަދަކަމުން މީހުން ބަދަލުކުރުން ނުވަތަ ޑީޕޯޓް ކުރުމަކީ މަނާ ކަމެއްކަން ބައިނަލްއަގްވާމީ ގާނޫނުތަކުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން އޯއައިސީން ބަލައިގެންފި
ރަހީނުން ދޫކޮށްލާފައި ޣައްޒާއިން ފައިބާ: ޓްރަމްޕު
ޣައްޒާ އާރާސްތުކުރަން 53 ބިލިއަން ޑޮލަރު ހޭދަކުރަނީ
ޣައްޒާއާ ގުޅޭ ގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޣައްޒާ އަކީ ޓްރަމްޕުގެ ރިސޯޓެއް ގޮތަށް ދައްކައިފި
ޣައްޒާއިން މީހުން ބޭލުމަކީ ހިޔާލެއް: ޓްރަމްޕު
ޓްރަމްޕުގެ ޣައްޒާ ޕްލޭނާ ގުޅޭ ސަމިޓެއް ސައޫދީގައި
ޣައްޒާއިން ނެރޭ މީހުންނަށް އެނބުރި ނުދެވޭނެ: ޓްރަމްޕް
ޣައްޒާއިން މީހުން ބޭލުމަކީ ނަސްލު ނައްތާލުން: އދ
ޣައްޒާއިން މީހުން ބާލަން ބައިވެރިއެއްނުވާނަން: ސީސީ