ފަލަސްތީނުގެ ޣައްޒާއިން މީހުން ހުސްކޮށް، އެތަން ބިނާކުރުމުގެ ވާހަކަ އަކީ ހިޔާލެއް ކަމަށާއި އެކަން ކުރަން މަޖުބޫރުކުރުމެއް ނެތް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ބަދަލުކުރައްވައިފި އެވެ.
ފަލަސްތީނުގެ ޣައްޒާއިން މީހުން ހުސްކޮށް، އެތަން ބިނާކުރުމުގެ ވާހަކަ އަކީ ހިޔާލެއް ކަމަށާއި އެކަން ކުރަން މަޖުބޫރުކުރުމެއް ނެތް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ބަދަލުކުރައްވައިފި އެވެ.
އިޒްރޭލުން ހަމަލާދީ ބިމާ ހަމަކޮށްލާފައިވާ ޣައްޒާގައި މީހުންނަށް އުޅެވެން ނެތް ކަމަށާއި އެހެންވެ އެތަނުގެ ރައްޔިތުން މިސްރާއި އުރުދުން އަށް ބަދަލުކޮށް ރިސޯޓެއް ގޮތަށް ތަރައްގީކުރާނެ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވި އެވެ. އެއާ އެކު އިސްލާމީ އަދި އަރަބި ގައުމުތަކުން އެކަމާ ދެކޮޅު ހަދައި ފަލަސްތީނު ރައްޔިތުން އެ މީހުންގެ ބިމުން ނެރުމުގެ އެއްވެސް ޕްލޭނަކަށް އެއްބާރުލުން ނުދޭނެ ކަމަށް އަންނަނީ ބުނަމުންނެވެ.
މި ވާހަކަތަކާ އެކު ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ މި ޕްލޭނަށް މިސްރާއި އުރުދުން އިން ދެކޮޅު ހަދާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ނުރުހުމުގައި ކުރާ މިފަދަ ކޮންމެ ކަމަކީ ބޭއިންސާފު ކަމަށް އެ ގައުމުތަކުން ދެކޭ ކަމަށް ވެސް އެއްބަސްވެ ވަޑައިގަތެވެ.
"އެ ގައުމުތަކުން އެހެން ބުނާތީ ކުޑަކޮށް ހައިރާން ވެސް ވޭ. އެކަމަކު ވަނީ އެހެން ބުނެފައި،" ފޮކްސް ނިއުސް ރޭޑިއޯ އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.
ހަމަ އެޔާ އެކު ޓްރަމްޕު ވަނީ އެ ގައުމުތަކަށް އެމެރިކާއިން "ކޮންމެ އަހަރަކު ބިލިއަނުން ހަރަދުކުރަމުން" އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އެއީ އެކަން ކުރަން އަޅުގަނޑުގެ ޕްލޭން. އަޅުގަނޑަށް ހީވަނީ އެއީ ކާމިޔާބު ޕްލޭނަކަށް ވާނެހެން. އެކަމަކު އަޅުގަނޑު އެކަމަށް މަޖުބޫރެއް ނުކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑު އެ ހިޔާލު ހުށަހަޅާފައި ދެން ވާގޮތެއް ބަލަން މަޑުކޮށްލާނީ."
ޓްރަމްޕް ރާގު ބަދަލުކުރައްވައި ވާހަކަ ދައްކަވާފައި މި ވަނީ ޣައްޒާއިން މީހުން ބާލަން ޓްރަމްޕް ހުށަހެޅުއްވުމާ އެކު އުފެދުނު ނުތަނަވަސްކަމުގައި ސައޫދީ އަރަބިއްޔާއަށް އަރަބި ގައުމުތަކުގެ ވެރިން އިއްޔެ ޖަމާވެ އެކަމާ ކުރިމަތިލާނެ ގޮތަކާ މެދު މަޝްވަރާތައް ފަށާފައި ވަނިކޮށެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް ޓްރަމްޕުގެ ޕްލޭންގެ ބަދަލުގައި އިންސާފުވެރި ގޮތެއް ހޯދުމެވެ.
ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން އޯއައިސީން ބަލައިގެންފި
ރަހީނުން ދޫކޮށްލާފައި ޣައްޒާއިން ފައިބާ: ޓްރަމްޕު
ޣައްޒާއިން ނެރޭ މީހުންނަށް އެނބުރި ނުދެވޭނެ: ޓްރަމްޕް
ޣައްޒާއިން މީހުން ބާލަން ބައިވެރިއެއްނުވާނަން: ސީސީ
ހިފެހެއްޓި ހަތިޔާރު ޓްރަމްޕުގެ އަމުރަށް އިޒްރޭލަށް ދެނީ
ޓްރަމްޕުގެ ވިސްނުމަކީ "ޣައްޒާ ސާފުކޮށްލުން"
ޓްރަމްޕުގެ ޣައްޒާ ޕްލޭން ކުރިއަށްދާ ކަމަށް ބުނެފި
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ޣައްޒާއިން ކަރަންޓު ކަނޑާލަން އަންގައިފި
އިޒްރޭލުގެ މިނިވަންވި ރަހީނުން އެދެނީ ސުލްހަވާން