ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލުން ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި މިނިވަންކުރަން ނިންމާފައިވާ އިޒްރޭލުގެ ރަހީނުންގެ ތެރެއިން ބާކީ ހަ މީހުން މާދަމާ މިނިވަންކުރުމުން އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 602 މީހަކު މިނިވަންކުރާނެ ކަމަށް ބުނެފި އެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލުން ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި މިނިވަންކުރަން ނިންމާފައިވާ އިޒްރޭލުގެ ރަހީނުންގެ ތެރެއިން ބާކީ ހަ މީހުން މާދަމާ މިނިވަންކުރުމުން އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 602 މީހަކު މިނިވަންކުރާނެ ކަމަށް ބުނެފި އެވެ.
އެޑްވޮކަސީ ގްރޫޕެއް ކަމަށްވާ، ފަލަސްތީން ޕްރިޒަނާސް ކްލަބުން ބުނީ މިފަހަރު ދޫކޮށްލާ މީހުންގެ ތެރެއިން 445 މީހުންނަކީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނުމާ އެކު ޣައްޒާއިން ހައްޔަރުކުރި މީހުން ކަމަށެވެ. ދިގު މުއްދަތުގެ ހުކުމްތައް ތަންފީޒުކުރާ 60 މީހަކު ވެސް މިނިވަންކުރަން ނިންމާފައިވާ ކަމާށާއި އޭގެ ތެރެއިން 50 މީހުންނަކީ އުމުރު ދުވަހުގެ ހުކުމުގައި ތިބި މީހުން ކަމަށް ވެސް ބުންޏެވެ.
ޕްރިޒަނާސް ކްލަބުގެ ތަރުޖަމާނު އަމާނީ ސަރްހަނަތު ވިދާޅުވީ ދިގު މުއްދަތުގެ ހުކުމުގައި ތިބި މީހުންގެ ތެރެއިން މިނިވަންކުރާ މީހުންގެ ތެރޭގައި، 2011 ވަނަ އަހަރު ގައިދީން ބަދަލުކުރި އިރު މިނިވަންކުރުމަށް ފަހު ހައްޔަރުކުރި 47 މީހަކު ވެސް ހިމެނޭ ކަމަށެވެ.
ހަމާސް އިން ވަނީ، އިޒްރޭލު ރަހީނުންގެ ތެރެއިން އެންމެ ބޮޑަށް މީޑިއާގައި ފާހަގަކުރާ ޝިރީ ބީބާސް އާއި އޭނާގެ ކުޑަ ދެ ފިރިހެން ދަރިން ކަމަށްވާ ކްފިރް އާއި އެރިއެލްގެ ހަށިތައް ވެސް މިހާރު ހަވާލުކޮށްފަ އެވެ. މި ދެ ކުދިންގެ ބައްޕަ ވެސް އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި ރަހީނުކުރި އެވެ. އެކަމަކު އޭނާ ވަނީ ގައިދީން ބަދަލުކުރުމުގެ ތެރޭގައި މީގެ ކުރިން މިނިވަންކޮށްފަ އެވެ. ކުދިންގެ ހަށިތައް ހަވާލުކުރި އިރު އެހެން މީހުންގެ ހަށިގަނޑުގެ ބައިތަކާ އެއްވެފައި ހުރުން އެކަށީގެންވާ ކަމަށާއި އެހެން ދިމާވީ ރަހީނުން ތިބި އިމާރާތަށް އިޒްރޭލުން ބޮން އެޅުމުން އެތަނުން އެތައް ބަޔަކު މަރުވުމުން ކަމަށް ހަމާސް އިން ބުންޏެވެ.
ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ދަށުން މިނިވަންކުރުމަށް ކަނޑައެޅި އިޒްރޭލުގެ 33 ރަހީނުންގެ ތެރެއިން މީގެ ކުރިން ވަނީ، ދިރިހުރި، 19 މީހަކު މިނިވަންކޮށްފަ އެވެ. އަދި އެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން އެތައް ސަތޭކަ ބަޔަކު ވަނީ މިނިވަންކޮށްފަ އެވެ. އިޒްރޭލުން ވަނީ 33 ރަހީނުންގެ ބަދަލުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 މީހަކު މިނިވަންކުރަން އެއްބަސްވެފަ އެވެ.
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ފަލަސްތީނުގެ ގައިދީން އެންމެފަހުން މިނިވަންކޮށްފި
ހަމަލާތައް ހުއްޓާލި އެއްބަސްވުން ފެއިލްވެދާނެ: ހަމާސް
ފުރަތަމަ މަރުހަލާގެ ބާކީ ހަ ރަހީނުން މިނިވަންކޮށްފި
ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލަން ތައްޔާރު: ހަމާސް
ހަމާސް ނައްތާލަން ޣައްޒާ ނަރަކައަށް ހަދާނެކަމަށް ބުނެފި
އިޒްރޭލާއި ފަލަސްތީނުން ގައިދީން މިނިވަންކޮށްފި
އިޒްރޭލުގެ ތިން ރަހީނުން މާދަމާ މިނިވަންކުރާނެ
އިޒްރޭލުން ބިރު ދެއްކިޔަސް ދުލެއް ނުދޭނަން: ހަމާސް
އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި