އިޒްރޭލާއި ހަމާސް އިން ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުން މި މަރުހަލާގައި ދޫކޮށްލަންޖެހޭ ފަލަސްތީނު ގައިދީންގެ އެންމެ ފަހު ބެޗު ދޫނުކޮށް ހިފެހެއްޓުމަށް ފަހު އެންމެ ފަހުން މިނިވަންކޮށްފި އެވެ.
އިޒްރޭލާއި ހަމާސް އިން ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުން މި މަރުހަލާގައި ދޫކޮށްލަންޖެހޭ ފަލަސްތީނު ގައިދީންގެ އެންމެ ފަހު ބެޗު ދޫނުކޮށް ހިފެހެއްޓުމަށް ފަހު އެންމެ ފަހުން މިނިވަންކޮށްފި އެވެ.
މި މީހުން ދޫކޮށްލުމުން މިހާރު ހުޅަނގު އައްސޭރީގެ ރާމަﷲ އަށް ގޮސްފައި ވާއިރު ހަމާސް އިން ބުނީ އެ ޖަމާއަތުން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި ރަހީނުކުރި މީހުންގެ ތެރެއިން މަރުވި ހަތަރު މީހެއްގެ ހަށިގަނޑު އިޒްރޭލާ ހަވާލުކޮށްފައިވާ ކަމަށެވެ. ކުރިން ރަހީނުންނާއި ހަށިތައް ހަވާލުކުރި އިރު ރަސްމިއްޔާތު ބޭއްވި ގޮތަށް މިފަހަރު އެކަމެއް ނުކުރެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގައިދީން މިނިވަން ނުކޮށް ލަސްކުރީ ރަހީނުން މިނިވަންކުރާއިރު ރަސްމިއްޔާތުތައް ބާއްވައި އެ މީހުން ލަދުގަންނަ ގޮތަށް އެކަންކުރާތީ ކަމަށް ބުނެ އެވެ. އެކަމަކު ފަހުން ބުނީ ހަތަރު މީހުންގެ ހަށިގަނޑު ދިނުމުން ފަލަސްތީނު ގައިދީން މިނިވަންކުރާނެ ކަމަށެވެ.
ފަލަސްތީނުގެ ގައިދީންގެ ފުރަތަމަ ގްރޫޕް ރާމަޝ އަށް އައި އިރު ކުދިބޮޑު އެންމެން މަގުތަކަށް ނުކުމެ "ﷲ އަކްބަރު" ގޮވަމުން ދިޔަ އެވެ. އަނެއް ބަޔަކު ދިޔައީ "ރައްޔިތުން ބޭނުމީ [ހަމާސްގެ އަސްކަރީ ގޮފި] އިއްޒުއްދީން ގައްސާމް ބްރިގޭޓްސް" ކަމަށް ގޮވަމުންނެވެ.
ބައެއް ގައިދީން އުފުލާލައިގެން ގެންގުޅެފައި ވާއިރު ބައެއް މީހުން އިންޓަވިއުތައް ދެމުން ދިޔައީ އާއިލާ އާއި އެކުވެރިންގެ ކޮނޑުގައި އިށީނދެ ތިބެގެންނެވެ.
ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިދިޔަ މަހުގެ 19 ގައި ވީ އެއްބަސްވުމުގެ ދަށުން މިނިވަންކުރުމަށް ހަމަޖެހިފައިވާ ހުރިހާ ރަހީނުން ހަމާސް އިން މިހާރު ވަނީ މިނިވަންކޮށްފަ އެވެ. މި މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 600 އަށް ވުރެ ގިނަ މީހުން މިނިވަންކުރަން ވަނީ އެއްބަސްވެފަ އެވެ.
އިޒްރޭލުގެ ރަހީނުންގެ ތެރެއިން މަރުވި އަށް މީހަކާ އެކު ޖުމްލަ 33 ރަހީނަކު މާޗް 1 ގެ ކުރިން މިނިވަންކުރުމަކީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ކުރަންޖެހޭ ކަމެކެވެ. އަދި އެ މީހުންގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ 1،900 މީހަކު މިނިވަންކުރަން ޖެހެ އެވެ. -- އޭއެފްޕީ
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ހަމަލާތައް ހުއްޓާލި އެއްބަސްވުން ފެއިލްވެދާނެ: ހަމާސް
ފުރަތަމަ މަރުހަލާގެ ބާކީ ހަ ރަހީނުން މިނިވަންކޮށްފި
އިޒްރޭލު 6، ފަލަސްތީނުގެ 602 މީހުން މިނިވަންކުރަނީ
ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލަން ތައްޔާރު: ހަމާސް
ހަމާސް ނައްތާލަން ޣައްޒާ ނަރަކައަށް ހަދާނެކަމަށް ބުނެފި
އިޒްރޭލާއި ފަލަސްތީނުން ގައިދީން މިނިވަންކޮށްފި
އިޒްރޭލުގެ ތިން ރަހީނުން މާދަމާ މިނިވަންކުރާނެ
އިޒްރޭލުން ބިރު ދެއްކިޔަސް ދުލެއް ނުދޭނަން: ހަމާސް
އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި