ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ދޭ ހޮޓެލިއާ މޯލްޑިވްސް އެވޯޑު ހަފްލާ ބާއްވައިފި އެވެ.
18 ޖޫން 2025
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ދޭ ހޮޓެލިއާ މޯލްޑިވްސް އެވޯޑު ހަފްލާ ބާއްވައިފި އެވެ.
ބެސްޓްބައި މޯލްޑިވްސް އިން ޓައިޓްލް ސްޕޮންސާކޮށް މި އަހަރުގެ ހޮޓެލިއާ މޯލްޑިވްސް އެވޯޑު މިދިޔަ ހޮނިހިރު ދުވަހު ބޭއްވީ ބާސެލޯ ނަސަންދުރާގަ އެވެ. ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ 23 މީހަކަށް ހަތަރު ކެޓަގަރީއަކުން އެ ހަފުލާގައި އެވޯޑު ދިނެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑު ލިބުނު ފަރާތްތައް.
އެވޯޑު ހަފުލާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ހަތަރު ބޭފުޅަަކަށް ވެސް އެވޯޑު ދިނެވެ.
އޭގެ ތެރޭގައި ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގެ ހައުސްކީޕިން މެނޭޖަރު މުހައްމަދު ހާޝިމް އާއި ބަނޑޮސް މޯލްޑިވްސްގެ އިންޖިނިއަރިން މެނޭޖަރު މުހައްމަދު ފުއާދު އާއި ވިލާ ރިސޯޓްސްގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް މާކެޓިން އަލީ ރަޝީދު އާދަމް އާއި 50 އަހަރުގެ ހިދުމަތަށް ފަހު، ކޮކޯ ބޮޑު ހިތީގެ ރެސްޓޯރަންޓް މެނޭޖަރުގެ މަގާމުން މި އަހަރު ރިޓަޔާކުރެއްވި ހުސައިން މަނިކުފާނު ހިމެނެ އެވެ.
ޓޫރިޒަމް ދާއިރާ ބިނާކުރަން މުހިންމު ދައުރެއް އަދާކުރެއްވި މި ހަތަރު ބޭފުޅުންނަށް ވެސް ވަނީ އެވޯޑު ދީފައި.
ހޮޓެލިއާ މޯލްޑިވްސް އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ފާހަގަކޮށް އިނާމު ދޭ ހަމައެކަނި ޕްލެޓްފޯމެވެ.
މިދިޔަ އަހަރު ފުރަތަމަ ބޭއްވި މި އެވޯޑަށް 300 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު، 100،000 އަށް ވުރެ ގިނަ މީހުން ވޯޓު ދިނެވެ. މި އަހަރުގެ އެވޯޑަށް 450 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު، 600،000 އަށް ވުރެ ގިނަ މީހުން ވޯޓު ދީފައިވެ އެވެ.
އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ޖަޖުންގެ މާކްސްގެ 60 ޕަސެންޓު އަދި ވޯޓު ލިބޭ ނިސްބަތުން 40 ޕަސެންޓު ހިމަނައިގެންނެވެ.
ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވާ ފޯރަމް ފަށައިފި
ޖީއެމް ފޯރަމްގައި 150 ބޭފުޅުން ބައިވެރިވާނެ
ރިސޯޓުތަކުގެ އިސްވެރިންގެ ފޯރަމް ފަށައިފި
"ކުއޯ" ކުންފުނީގެ އޮފީހެއް ރާއްޖޭގައި ހުޅުވައިފި
ފީނަން ފައިބާ އުޅުނު އެމެރިކާގެ ޓޫރިސްޓަކު މަރުވެއްޖެ
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރަކަށް ޓޫއޮފްއަސް
ފަރުމުލީގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
ފަރުމުލި، މާފަރު ބައެއް ނޫން ކަމަށް ކަނޑައަޅުއްވައިފި
ކެލާ ފަޅުގައި ރިސޯޓްހަދަން ލުއިދީ އަލުން އިއުލާންކުރަނީ