މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ކަނޑުމަތީގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ގޮވާލައިފި އެވެ.
12 ޑިސެމްބަރ 2025
މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ކަނޑުމަތީގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ގޮވާލައިފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރަމުން އައި އިހުތިޖާޖު ފުލުހުން ބައެއް ދޯނިތަކަށް އަރައި އިއްޔެ ރޫޅާލައި ބައެއް މީހުން ހައްޔަރުކުރި އެވެ.
އޭގެ ތެރޭގައި އެ ޔޫނިއަންގެ ކޯ-ފައުންޑަރު، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރާއި އެ އިހުތިޖާޖުގައި ބައިވެރިވި ދޯންޏެއްގެ ކެޔޮޅެއް ކަމަށްވާ އަބްދުލް ލަތީފު އަދި ދޯނިތަކަށް ރަޖިސްޓްރީކޮށްފައި ތިބި ބިދޭސީންތަކެއް ހިމެނެ އެވެ.
އެ ޔޫނިއަނުން ނެރުނު ބަޔާނުގައި ވަނީ އެ އެންމެން ދޫކޮށްލަން ގޮވާލައިފަ އެވެ. އަދި މުޒާހަރާ ހުއްޓާނުލާ ކުރިއަށްދާނެ ކަމަށް ވެސް ބުންޏެވެ.
"ފިޝަރީޒް މިނިސްޓަރުގެ އެދިލެއްވުމުގެ މަތިން މިނިސްޓަރާ ބައްދަލުވަންދެން މުޒާހަރާ ރޫޅާނުލާ ޔޫނިއަންގެ މެމްބަރުންނާއި ކެޔޮޅުން މި ތިބީ ގަދަކޮށް ކަމަށާއި މަސްވެރިންގެ ހައްގުތައް ހޯދުމަށް ގޮވާލާ ކުރިއަށް ދާ އިހުތިޖާޖު ހުއްޓާނުލާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ވެ އެވެ.
އެ މުޒާހަރާ ރޫޅާލުމަށްފަހު، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މާލެ ކައިރިން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް، އެކަމަށް އިޖާބަނުދީ އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެކައިރިން ދަތުރުކުރާ އުޅަނދުތަކަށް ދަތިނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ނަސޭހަތްދިނީ އެ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު ސަރަހައްދަކަށްވުމާ އެކު އެކަމުގެ ސަބަބުން އިއްޔެ އާއި މިއަދު ވެސް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވުމުންނެވެ.
މެމްބަރު މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
މެމްބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް
އިހްތިޖާޖުގައި އެހެން އުޅަނދުތަކަށް ހުރަސްއެޅި: ޕޮލިސް
އިހަވަަންދޫ މަސްވެރިން މުޒާހަރާ ކޮށްފި
ހައްޔަރުކުރި މަސްވެރިން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި
މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ބޮޑު ލުޔެއް
"މަސްވެރި ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ"
ކުދިމަސްކަމަށް ބަލާ މިންގަނޑު މަތިކުރުމުގެ ޝަކުވާ
ރައީސް، މަސްވެރިންގެ ދުވަހުގެ ޖަލްސާ އަށް ދުވާފަރަށް
ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި: ފުލުހުން