ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ފަށާފައިވާ ކަމަށާއި އިތުރު ރިސޯޓެއް ވެސް ހަދަން ނިންމާފައިވާ ކަމަށް ލަންކާގެ ސިލޯން ހޮޓެލްސް ކޯޕަރޭޝަން (ސީއެޗްސީ)ން ބުނެފި އެވެ.
24 ޖޫން 2016
ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ފަށާފައިވާ ކަމަށާއި އިތުރު ރިސޯޓެއް ވެސް ހަދަން ނިންމާފައިވާ ކަމަށް ލަންކާގެ ސިލޯން ހޮޓެލްސް ކޯޕަރޭޝަން (ސީއެޗްސީ)ން ބުނެފި އެވެ.
ސީއެޗްސީގެ ޗެއާމަން ސަންޖީވް ގާޑިނާ ލަންކާގެ ޑެއިލީ ނޫހަށް އިއްޔެ ވިދާޅުވީ ވ. އަންބަރާގައި ހަދާ 50 ކޮޓަރީގެ މި ރިސޯޓުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ތަން އަންނަ އަހަރު ހުޅުވޭ ވަރު ވާނެ ކަމަށެވެ. ފަސް ބިލިއަން ލަންކާ ރުޕީސް (523 މިލިއަން ރުފިޔާ / 34 މިލިއަން ޑޮލަރު) ހަރަދުވާ މި ރިސޯޓުގައި މުޅިން ވެސް ހުންނާނީ މޫދު ކޮޓަރިކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ރިސޯޓުގެ މެނޭޖިން ޑިރެކްޓަރު ޗެތިޔާ ޕެރޭރާ ވިދާޅުވީ ރިސޯޓު ހުޅުވުމަށް ފަހު، އެ ތަން އިތުރަށް ތަރައްގީ ކުރުމަށް ދެ ވަނަ ފިޔަވައްސެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ގޮތުން، އިތުރު 50 ކޮޓަރި މި ރިސޯޓުގައި ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ހޮޓާ ބްރޭންޑެއް ކަމަށްވާ އަދާރަން އިން ރާއްޖޭގައި ހިންގާ ރިސޯޓެއްގެ މޫދު ކޮޓަރިއެއް: ލަންކާގެ ގިނަ ކުންފުނިތަކަކުން ރާއްޖޭގައި ރިސޯޓު ހިންގާ.-- ފޮޓޯ: އަދާރަން
އަންބަރާއާ އެކު، ރާއްޖޭގައި އިތުރު ރިސޯޓެއް ތަރައްގީ ކުރަން ނިންމާފައިވާކަން ވެސް ސީއެޗްސީން އިއްޔެ އިއުލާން ކުރި އެވެ. ޕެރޭރާ ވިދާޅުވީ 40 ކޮޓަރީގެ އެ ރިސޯޓު ހަދާނީ މާލެއާ ދުރު ރަށެއްގައި ކަމަށެވެ.
"ގޯލް ފޭސް ހޮޓެލްސް އަދި ސީއެޗްސީ ކުންފުނިން ލަންކާގައި ވެސް ބޮޑެތި ހޮޓާތައް ހިންގަން. މި ހިދުމަތްތައް ރާއްޖެ ދާ ޓޫރިސްޓުންނަށް ވެސް ފޯރުކޮށް ދޭން ބޭނުންވޭ،" ޕެރޭރާ ވިދާޅުވި އެވެ.
ސީއެޗްސީ އަކީ ލަންކާގެ އެންމެ ދުވަސްވީ ހޮޓާ ކަމަށްވާ ގޯލް ފޭސް ހިންގާ ގޯލް ފޭސް ހޮޓެލްސް ގްރޫޕުގެ ބައެކެވެ. އެކަމަކު، ސީއެޗްސީން ވަކިން ވެސް ލަންކާގެ އެކި ހިސާބުތަކުގައި ޓޫރިސްޓް ހޮޓާ ހިންގަ އެވެ. އަދި މައި ކުންފުނިން ރާއްޖޭގައި މިހާރު ވެސް ރިސޯޓެއް އޮޕަރޭޓް ކުރެ އެވެ.
ލަންކާގެ ގިނަ ކުންފުނިތަކަކުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ވަނީ އިންވެސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި އަދާރަން ބްރޭންޑުގެ ދަށުން ހިންގާ ރިސޯޓުތައް ފާހަގަކޮށްލެވެ އެވެ. އަދި ހޭލީސް ފަދަ ލަންކާގެ ބޮޑެތި ކުންފުނިތަކުން އަންނަނީ ރާއްޖޭގައި ރިސޯޓުތައް ތަރައްގީ ކުރަމުންނެވެ.
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ
ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފި
ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަނީ
މި އަހަރު 25 އާ ރިސޯޓް ހުޅުވަނީ
އެމެރިކާގެ ކުންފުންޏަކުން ރާއްޖޭގައި ދެ ރިސޯޓް ހަދަނީ
އެންމެ ގިނަ ރިސޯޓް ހުޅުވީ މިިދިޔަ އަހަރު
ކަނޑިންމަ ރިސޯޓުން 250 ވަޒީފާގެ ފުރުސަތު ހުޅުވާލަނީ
ޅ. ކޮކޫން ރިސޯޓް ހުޅުވައިފި
ފޭދޫފިނޮޅު ހަތަރު މިލިއަން ޑޮލަރަށް: އަގު މާ ކުޑަ؟!
ރާއްޖޭގަ އިތުރަށް އިންވެސްޓްކުރަން ބޭނުން: ޖޯން ކީލްސް