31 ޖެނުއަރީ 2018
ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުކޮށް، ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކޮށްދޭން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެއީ، އެ ކޯޓަށް އިހްތިސާސް ލިބިގެންވާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެ އެވެ.
ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުކޮށް، ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކޮށްދޭން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެއީ، އެ ކޯޓަށް އިހްތިސާސް ލިބިގެންވާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ދެން ކޮން ސުވާލެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަކިކުރެވޭނެ ހާލަތްތައް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެ މާއްދާގައި ވަނީ، ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅޭނެ ހާލަތްތަކެވެ.
އެ މާއްދާ އަށް އިޝާރާތް ކުރައްވައި އާޒިމާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނީ މަޖިލީހަށް ހުށަހަޅާ ގަރާރަކުން ކަމަށެވެ. މަޖިލީސް ނޫން އެހެން ތަނަކުން އެކަން ކުރެވެން ނެތް ކަމަށް ގާނޫނުއަސާސީގައި ލިއެފައިވާ އިރު، ސުޕްރީމް ކޯޓަކަށް ވެސް އެ މައްސަލައިގައި ގޮތެއް ކަނޑަނޭޅޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި މި އޮންނަނީ ރައީސުލް ޖުމްހޫރިއްޔާ އޭނާގެ މަގާމުން ވަކިކުރެވޭނެ ގޮތް. ލިއެފައި އޮންނަ ދުސްތޫރެއް ތަރުޖަމާކުރާ އިރު ދުސްތޫރުގައި ވަކި ކަމަކަށް ހާއްސަ އުސޫލެއް އޮވެއްޖިއްޔާ އެހެން އެއްވެސް އުސޫލަކުން އެކަން ނުކުރެވޭނެ،" އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކި ކަހަލަ އުސޫލްތައް ގެނެވޭނީ، އިނގިރޭސި ވިލާތް ފަދަ ގާނޫނުއަސާސީ ނުލިޔެ އޮންނަ ގައުމުތަކުގަ އެވެ.
އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓަށް ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމަށް އައްޔަން ކުރެއްވުމުގެ ބާރު ކަމަށެވެ. ދެން އޮންނަނީ، ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ އެއީ ސައްހަ ނިންމުމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕޮއިންޓަކީ ރައްޔިތުންގެ މަޖިލީހުން ނިންމުމެއް ނުނިންމަނީސް، މި މަރުހަލާގައި، މި މައުޟޫއުގައި (ސުޕްރީމް ކޯޓަށް) އެއްޗެއް ވިދާޅެއް ނުވެވޭނެ،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވި ގޮތުގައި ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގެ ބާރު އަމިއްލަ މީހުންނަށް ލިބިގެނެއް ނުވެ އެވެ. ރައީސަށް ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތުކޮށް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި މީހުންނަށް އެވަރު އެނގިވަޑައިނުގަންނަވަނީތޯ އާޒިމާ ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު، ދުސްތޫރީ ހަމަތަކުގެ ތެރެއިން ޖަވާބުދާރީ ކުރުވުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެކަމަކު ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންތަކެއް ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދުސްތޫރީ ހަމަތަކުގެ މަތިން ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
"ހަމަނުޖެހުމެއް ނޫނީ ނުތަނަވަސް ކަމަކަށް ބަދަލު ކޮށްލެއްވުމުގެ އުކުޅެއް ކަހަލަ ގޮތަކަށް، ހަގީގަތުގައި އަޅުގަނޑަށް މިކަން ފާހަގަކުރެވެނީ،" އާޒިމާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރެވެ.
އެ ބޭފުޅުން ކޯޓުގައި އެދިވަޑައިގަތީ، މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާ އަށް ބޮޑުވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާ ކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން އުޒުރުވެރިވެއްޖެ ކަމަށް، ގާނޫނުއަސާސީގައިވާ ހަމަތަކުން ކަނޑައަޅައިދޭށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ، މިނިވަން މުއައްސަސާތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުއްވާފައިވާތީ އެ މައްސަލަތައް އެ މުއައްސަސާތަކުން އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރިއަށް ނުގެންދެވޭނެތީ ކަަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
"ނަޝީދު ވަނީ ރަހީނުކޮށްފައި، ކޯޓަށް ދާކަށް ނުޖެހޭ"
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
"ހުވާކުރާ ޖަލްސާގައި ނަޝީދުގެ މައްސަލަ އޮންނަންޖެހޭނެ"
މަޖިލީހުގެ މައްސަލާގައި އާޒިމާ ފާޑުވިދާޅުވީ އޭޖީއަށް
ރައީސް ތީމުގެ އަށް ބަދަލުވާން އަސްލަމް ހުށަހަޅުއްވައިފި
އޮޅުން ބޮޅުން: އަނެއްކާވެސް މި ޖެހުނީ އެ ކަމާ
ޕްރައިމަރީއަކަށް ބިރެއް ނުގަނޭ: މުސްތަފާ
އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީން: ނަޝީދު
"ތަބަކަކަށް ލާފައި" ގޮނޑި ދޭން ވާނެތަ؟
ގިނަ މެންބަރުން ވާހަކަ ދެއްކެވީ ނަޝީދުގެ ދިފާއުގައި