Roadha Mihaaru
ޝާހްރުކަށް މި ފަހަރު ކިރަންއެއް ނޫން، ކެޓްރީނާ

ޝާހްރުކް ހާނަށް މި ފަހަރު ކިރަންއެއް ނޫން، ކެޓްރީނާ

19 މާޗް 2018

ޝާހްރުކް ހާންގެ ފިލްމް "ޑަރް" ބެލި މީހުން އަބަދު ވެސް ހަނދާން ހުންނާނެ އެއް ޑައިލޮގަކަކީ މިއެވެ؛ ބަތަލާ ޖޫހީ ޗާވްލާ ކުޅުނު "ކިރަން" ގެ ކެރެކްޓާއާ ހެދި މޮޔަވެފައި ހުންނަ މީހެއްގެ ރޯލް އޭނާ ކުޅެފައިވާ އެ ފިލްމުން އެންމެ މަޝްހޫރީ ޝާހްރުކްގެ "ކި-ކި-ކި ކިރަން" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ހާންގެ ފިލްމް "ޑަރް" ބެލި މީހުން އަބަދު ވެސް ހަނދާން ހުންނާނެ އެއް ޑައިލޮގަކަކީ މިއެވެ؛ ބަތަލާ ޖޫހީ ޗާވްލާ ކުޅުނު "ކިރަން" ގެ ކެރެކްޓާއާ ހެދި މޮޔަވެފައި ހުންނަ މީހެއްގެ ރޯލް އޭނާ ކުޅެފައިވާ އެ ފިލްމުން އެންމެ މަޝްހޫރީ ޝާހްރުކްގެ "ކި-ކި-ކި ކިރަން" އެވެ.

"ޑަރް" ރިލީޒް ކުރިތާ 25 އަހަރު ފަހުން ޝާހްރުކް އަނެއްކާވެސް މި ވަނީ އެ ފިލްމްގެ މަތިން ހަނދާން އާކޮށްފަ އެވެ. އެކަމަކު ޖޫހީއާ އެކުގައެއް ނޫނެވެ. ކެޓްރީނާއާ އެކުގަ އެވެ. ފާރެއްގައި ހަރުކޮށްފައި އިން ކެޓްރީނާގެ ފޮޓޯއެއްގެ ކައިރީގައި އޭނާގެ ތުންފަތާ ދިމާއަށް މެގްނަމެއް ދިއްކޮށްލައިގެން ހުރެ ޝާހްރުކް މި ފަހަރު ކިޔަނީ "ކކކ....ކެޓްރީނާ" އޭ އެވެ. "ޑަރް" ގައި ޝާހްރުކްގެ ކޮޓަރީގެ ފާރުގައި ވެސް ހަމަ މި ގޮތަށް ޖޫހީގެ ތަސްވީރުތައް އޭނާ ބަލައި ހަދަ އެވެ.

ޝާހްރުކްގެ ޓްވީޓް.

ޝާހްރުކް ކުރި ޓްވީޓެއްގައި ބުނީ ހަށިގަނޑު ފިޓްކޮށް ބަހައްޓަން ވަރަށް ބުރަކޮށް މަސައްކަތް ކުރާތީ ކެޓްރީނާއަކީ އައިސް ކްރީމް ކާ މީހެއް ނޫން ކަމަށެވެ. އަދި "ޑަރް" މަތިން ހަނދާންވާ ކަމަށް ބުންޏެވެ.

ޝާރްހުކް ލޯތްބާ ހެދި އާވާރާވެފައިވާ ވިލަންއެއްގެ ރޯލް ކުޅެފައިވާ "ޑަރް" އަކީ ޔާޝް ޗޯޕްޅާ 1993 ގައި ޑައިރެކްޓް ކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމްގައި ޝާހްރުކް އާއި ޖޫހީގެ އިތުރުން ސަނީ ޑިއޯލް ވެސް މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.

ޝާހްރުކް މިހާރު އަންނަނީ ކެޓްރީނާއާ އެކު "ޒީރޯ" ކުޅެމުންނެވެ. މިއީ މި ދެ ތަރިން އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2012 ގައި ޔާޝް ޗޯޕްޅާ ގެނެސް ދިން "ޖަބް ތަކް ހެ ޖާން" އެވެ.

އަނުޝްކާ ޝަރްމާ ވެސް މުހިއްމު ރޯލަކުން ފެނިގެންދާ އާނަންދް އެލް ރާއީގެ "ޒީރޯ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރުގެ 21 ގަ އެވެ.