Roadha Mihaaru
ކޮންމެ އަހަރަކު ވެސް ދެ ފުލުހަކަށް ހައްޖު ދަތުރު ދެނީ

ކޮންމެ އަހަރަކު ވެސް ދެ ފުލުހަކަށް ހައްޖު ދަތުރެއް ދޭން ނިންމައިފި

29 ސެޕްޓެމްބަރ 2016

ޕޮލިސް ވެލްފެއާ ފަންޑަށް ލިބޭ ފައިސާ އާއި އެހީގެ ދަށުން އަންނަ އަހަރުން ފެށިގެން ދެ ފުލުހަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ނިންމަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕޮލިސް ވެލްފެއާ ފަންޑަށް ލިބޭ ފައިސާ އާއި އެހީގެ ދަށުން އަންނަ އަހަރުން ފެށިގެން ދެ ފުލުހަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ނިންމަވައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މި ގޮތަށް ނިންމެވީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ވެލްފެއާ ކަންކަން ހަރުދަނާކޮށް ރަނގަޅު ގޮތުގައި ކުރިޔަށް ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އަންނަ އަހަރުން ފެށިގެން ޕޮލިސް ވެލްފެއާ ފަންޑުން ކުރާނެ ކަންކަން ކަނޑައަޅައި ނިންމުމަށް ފަހު އެކަން ވަކިވަކިން ކޮންމެ އަހަރަކު އިއުލާނު ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ޕޮލިސް ވެލްފެއާ ފަންޑުން މިހާރު ދޭ އެހީގެ ތެރޭގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުންނަށް އަދި މުވައްޒަފުންނަށް ދިމާވާ ސިއްހީ ބޮޑެތި ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމާއި، ފުލުހުންގެ ހިދުމަތުގައި ތިއްބައި ޝަހީދުވާ ފުލުހުންގެ އާއިލާތަކަށް އެހީތެރިވުމާއި، ކުއްލިއަކަށް ދިމާވާ ކަންކަމުގައި މުވައްޒަފުންނަށް ޒަރޫރީ އެހީ ދިނުން ހިމެނެ އެވެ.ފުލުހުންގެ އިދާރާ އިން ބުނީ ސީޕީ އަރީފް ގެންދަވަނީ ފުލުހުންގެ ވެލްފެއާ ކަންކަން ހަރުދަނާކޮށް އެކަންކަން އިތުރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.