04 ޖޫން 2018
އައްމާން (ޖޫން 4) - ތަކެތީގެ އަގު ބޮޑުވާތީ ޖޯޑަންގައި ކުރަން ފެށި މުޒާހަރާތައް ވަރުގަދަވެ އެންމެ ފަހުން ބޮޑު ވަޒީރު ހާނީ މުލްކީ އިސްތިއުފާ ދެއްވުމަށް ރަސްގެފާން އަބްދުﷲ ދަންނަވައިފި އެވެ.
އައްމާން (ޖޫން 4) - ތަކެތީގެ އަގު ބޮޑުވާތީ ޖޯޑަންގައި ކުރަން ފެށި މުޒާހަރާތައް ވަރުގަދަވެ އެންމެ ފަހުން ބޮޑު ވަޒީރު ހާނީ މުލްކީ އިސްތިއުފާ ދެއްވުމަށް ރަސްގެފާން އަބްދުﷲ ދަންނަވައިފި އެވެ.
ޖެހިޖެހިގެން ހަތަރު ވަނަ ދުވަހަށް މުޒާހަރާ ދެމިގެން ދިޔަ އިރު ވެރިރަށް އައްމާނުގެ މަގުތަކަށް ގިނަ ބަޔަކު ވަނީ ނުކުމެފަ އެވެ. މުޒާހަރާ އަށް މީހުން ނުކުތީ އައިއެމްއެފް އިން އެދިގެން ޖޯޑަންގެ މާލީ ސިޔާސަތަށް ގެންނަން ހުށަހަޅާ ބިލާ ދެކޮޅު ހެދުމަށެވެ. ބިލުގައިވާ ގޮތަށް އަމަލުކޮށްފި ނަމަ ތަކެތީގެ އަގު އިތުރަށް ބޮޑުވެ ޓެކްސްތައް ބޮޑުވެގެން ދާނެ އެވެ.
މިއީ ފަހުގެ ތާރީޚެއްގައި ޖޯޑަންގައި ބާއްވާ އެންމެ ވަރުގަދަ މުޒާހަރާ އެވެ. ކެބިނެޓުގެ އޮފީސް ކައިރިއަށް އެއްވި ގިނަ ބަޔަކު ވަނީ ބޮޑު ވަޒީރު މުލްކީގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. ޓެކްސް ބޮޑު ކުރަން ހުށަހަޅާފައި ވަނީ ބޮޑު ވަޒީރުގެ ލަފާގެ މަތިންނެވެ.
ޖޯޑަން އަށް އިގްތިސާދީ މައްސަލަތައް ދިމާވެ ފަހަކަށް އައިސް ވަނީ ބޭރުގެ އެހީ އަށް ބުރަވެފަ އެވެ. ޖޯޑަންގެ ދަރަނި ވަނީ 37 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އެއީ ގައުމުގެ ޖީޑީޕީގެ 95 ޕަސެންޓެވެ. ނަތީޖާއެއްގެ ގޮތުން ޖޯޑަން ސަރުކާރުން ވަނީ އަސާސީ ބައެއް ތަކެތީގެ ވެސް އަގު ބޮޑުކޮށްފަ އެވެ. ތެލުގެ އަގު މި އަހަރު ވަނީ ފަސް ފަހަރަށް ބޮޑު ކޮށްފަ އެވެ. ކަރަންޓުގެ އަގު ވަނީ 55 ޕަސެންޓް ބޮޑުވެފަ އެވެ. އައްމާނަކީ ދިރިއުޅެން އެންމެ އަގު ބޮޑު އަރަބި ސިޓީ އެވެ.
ޕާލަމެންޓަށް މިހާރު ހުށަހަޅާފައިވާ އިންކަމް ޓެކްސް ބިލުގައި ވަނީ ފަރުދުންގެ އާމްދަނީން ފަސް ޕަސެންޓް އަދި ކުންފުނިތަކުން 20-40 ޕަސެންޓް ޓެކްސް ނެގުމަށެވެ. އެކަމަކު ޕާލަމެންޓުގެ 130 މެންބަރުންގެ ތެރޭން 78 މެންބަރުން އިންކަމް ޓެކްސް ބިލާ ދެކޮޅެވެ.
ޑިމާންޑްތަކަށް އިޖާބަ ނުދޭ ނަމަ އަންނަ ބުދަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ސަރުކާރު އަދި އަމިއްލަ މުވައްޒަފުންނާއި ޔޫނިއަންތަކުން ދަނީ ތައްޔާރުވަމުންނެވެ.
ޓެކްސް ބިލް އަލުން މުރާޖައާ ކުރަން ރަސްގެފާން އަންގަވައިފި
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް
ތިން ވެރިން އިޒްރޭލު ކުށްވެރި ކުރައްވައިފި
ޖޯޑްންގެ ވަލީ އަހުދުގެ ކާވެނި މިއަދު
އެމެރިކާގެ ދިފާއީ ވަޒީރު މެދުއިރުމައްޗަށް
ޖޯޑަންގައި މުޒާހަރާތަކުން 44 މީހުން ހައްޔަރުކޮށްފި
ބައެއް ވެރިންގެ ސިއްރު މިލްކިއްޔާތު ފަޅާއަރުވާލައިފި
އަބްދުﷲ ރަސްގެފާނު އެމެރިކާގެ ވެރިންނާއެކު
ޖޯޑަންގެ ސަރުކާރާ ދެކޮޅު ފިތުނައިގެ ޝަރީއަތް ފަށައިފި