06 ޖޫން 2018
އައްމާން (ޖޫން 6) - ޖޯޑަންގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުން އުފެދުނު ޓެކްސް ބިލް އަލުން މުރާޖައާ ކުރުމަށް ރަސްގެފާން އަބްދުﷲ އާ ބޮޑު ވަޒީރަށް އަންގަވައިފި އެވެ.
އައްމާން (ޖޫން 6) - ޖޯޑަންގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުން އުފެދުނު ޓެކްސް ބިލް އަލުން މުރާޖައާ ކުރުމަށް ރަސްގެފާން އަބްދުﷲ އާ ބޮޑު ވަޒީރަށް އަންގަވައިފި އެވެ.
ތަކެތީގެ އަގު ބޮޑުވުމާ ދެކޮޅަށް ޖޯޑަންގައި ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ހާނީ މުލްކީ އިސްތިއުފާ ދެއްވުމާ ގުޅިގެން ބޮޑު ވަޒީރުގެ މަގާމަށް ހަމަޖައްސާފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު އަދި ވޯލްޑް ބޭންކުގެ ކުރީގެ އިކޮނޮމިސްޓެއް ކަމަށްވާ އުމަރު އަލް ރައްޒާޒެވެ.
އައިއެމްއެފް އިން ތާއީދު ކުރާ އިސްލާހުތަކާ އެކު ޕާލަމެންޓަށް ހުށަހެޅި ޓެކްސްގެ ބިލާ މެދު ރައްޔިތުން ދެކެނީ އެއީ ފަގީރުން އިތުރަށް ފަގީރު ކުރާނެ ބިލެއް ކަމަށެވެ. ކުރީގެ ބޮޑު ވަޒީރު ވަނީ ބިލަށް އިސްލާހު ގެންނަން ދެކޮޅު ހައްދަވައިފަ އެވެ.
އާ ބޮޑު ވަޒީރަށް ރަސްގެފާން އަންގަވާފައި ވަނީ ފަގީރުންނާއި މުއްސަނދިންނަށް ވެސް ގެއްލުން ނުވާނެ ގޮތުގެ މަތިިން ޓެކްސްގެ ބިލް ބެލެންސް ކުރެއްވުމަށެވެ.
ޖޯޑަން އަށް އިގްތިސާދީ މައްސަލަތައް ދިމާވެ ފަހަކަށް އައިސް ވަނީ ބޭރުގެ އެހީ އަށް ބުރަވެފަ އެވެ. އައިއެމްއެފް އިން 2016 ވަނަ އަހަރު 723 މިލިއަން ޑޮލަރުގެ ލޯނެއް ޖޯޑަން އަށް ދިނުމަށް ފަހު ވަނީ އިގްތިސާދީ އިސްލާހީ ޕްރޮގްރާމްތައް ކުރިއަށް ގެންދަން އަންގައިފަ އެވެ.
ޖޯޑަންގެ ދަރަނި ވަނީ 37 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އެއީ ގައުމުގެ ޖީޑީޕީގެ 95 ޕަސެންޓެވެ. ނަތީޖާއެއްގެ ގޮތުން ޖޯޑަން ސަރުކާރުން ވަނީ އަސާސީ ބައެއް ތަކެތީގެ ވެސް އަގު ބޮޑުކޮށްފަ އެވެ. ތެލުގެ އަގު މި އަހަރު ވަނީ ފަސް ފަހަރަށް ބޮޑު ކޮށްފަ އެވެ. ކަރަންޓުގެ އަގު ވަނީ 55 ޕަސެންޓް ބޮޑުވެފަ އެވެ. އައްމާނަކީ ދިރިއުޅެން އެންމެ އަގު ބޮޑު އަރަބި ސިޓީ އެވެ.
ޕާލަމެންޓަށް މިހާރު ހުށަހަޅާފައިވާ އިންކަމް ޓެކްސް ބިލުގައި ވަނީ ފަރުދުންގެ އާމްދަނީން ފަސް ޕަސެންޓް އަދި ކުންފުނިތަކުން 20-40 ޕަސެންޓް ޓެކްސް ނެގުމަށެވެ. އެކަމަކު ޕާލަމެންޓުގެ ގިނަ މެންބަރުން އެ ބިލާ ދެކޮޅެވެ.
ޖޯޑަންގެ މުޒާހަރާތައް ވަރުގަދަވެ ބޮޑު ވަޒީރު އިސްތިއުފާ ދެނީ
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް
ތިން ވެރިން އިޒްރޭލު ކުށްވެރި ކުރައްވައިފި
ޖޯޑްންގެ ވަލީ އަހުދުގެ ކާވެނި މިއަދު
އެމެރިކާގެ ދިފާއީ ވަޒީރު މެދުއިރުމައްޗަށް
ޖޯޑަންގައި މުޒާހަރާތަކުން 44 މީހުން ހައްޔަރުކޮށްފި
ބައެއް ވެރިންގެ ސިއްރު މިލްކިއްޔާތު ފަޅާއަރުވާލައިފި
އަބްދުﷲ ރަސްގެފާނު އެމެރިކާގެ ވެރިންނާއެކު
ޖޯޑަންގެ ސަރުކާރާ ދެކޮޅު ފިތުނައިގެ ޝަރީއަތް ފަށައިފި