Roadha Mihaaru
ގައުމުން ބޭރުގައި އުޅޭތީ ޕާޓީގެ ލީޑަރުކަން ދޫކޮށްލައިފި

ގައުމުން ބޭރުގައި ހުންނަން ޖެހޭތީ ޕާޓީގެ ލީޑަރުކަން މުޝައްރަފް ދޫކޮށްލައިފި

23 ޖޫން 2018

ދުބާއީ (ޖޫން 23) - ގައުމުން ބޭރުގައި ހުރެގެން ޕާޓީ ނުހިންގޭނެތީ އޯލް ޕާކިސްތާން މުސްލިމް ލީގު (އޭޕީއެމްއެލް) ގެ ލީޑަރުކަން ޕަރްވޭޒް މުޝައްރަފް ދޫކޮށްލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދުބާއީ (ޖޫން 23) - ގައުމުން ބޭރުގައި ހުރެގެން ޕާޓީ ނުހިންގޭނެތީ އޯލް ޕާކިސްތާން މުސްލިމް ލީގު (އޭޕީއެމްއެލް) ގެ ލީޑަރުކަން ޕަރްވޭޒް މުޝައްރަފް ދޫކޮށްލައްވައިފި އެވެ.

ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވިކަން އެންގުމުގެ ގޮތުން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނަށް މުޝައްރަފް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ގައުމުން ބޭރުގައި ހުރެގެން ޕާޓީ ހިންގުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ. އޭޕީއެމްއެލްގެ އާ ޗެއާމަންގެ މަގާމަށް މިހާރު ވަނީ މުހައްމަދު އަމްޖަދު ހަމަޖައްސައިފަ އެވެ. އޭނާ އަކީ އޭޕީއެމްއެލްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އެވެ.

ޕާކިސްތާނުގައި ބާއްވާ އާއްމު އިންތިޚާބުގައި ވާދަކުރަން މުޝައްރަފް ހުށަހެޅި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އޭނާގެ ނަން ގަބޫލްކޮށްފައެއް ނުވެ އެވެ. އެއީ ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގި އަމުރަށް އޭނާ ތަބާވެފައި ނުވާތީ އެވެ.

އޭޕީއެމްއެލް ޕާޓީ މުޝައްރަފް އުފެއްދެވީ 2010 ވަނަ އަހަރު އެވެ. މުޝައްރަފުގެ މައްޗަށް އުފުލާފައިވާ މައްސަލަތަކާ ގުޅިގެން 2013 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް އޭނާ ވާދަކުރުން އޮތީ މަނާކޮށްފަ އެވެ. އެހެންވެ އޭޕީއެމްއެލް އިން އެ ފަހަރު ވަނީ އިންތިޚާބު ބޮއިކޮޓް ކޮށްފަ އެވެ.