Roadha Mihaaru
މުޝައްރަފް ހައްޔަރު ކުރަން އިންޓަޕޯލުން ދެކޮޅު ހަދަައިފި

މުޝައްރަފް ހައްޔަރު ކުރަން އިންޓަޕޯލުން ދެކޮޅު ހަދަައިފި

29 އޯގަސްޓް 2018

އިސްލާމްއާބާދު (އޮގަސްޓް 29) - ގައުމަށް ޣައްދާރުވި ކަމުގެ ކުށުގައި ކޯޓަށް ހާޒިރުކުރަން ބޭނުންވެފައިވާ ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ ޕަރްވޭޒް މުޝައްރަފް ހައްޔަރު ކުރަން އިންޓަޕޯލުން ދެކޮޅު ހަދާފައިވާ ކަމަށް އިސްލާމްއާބާދުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (އޮގަސްޓް 29) - ގައުމަށް ޣައްދާރުވި ކަމުގެ ކުށުގައި ކޯޓަށް ހާޒިރުކުރަން ބޭނުންވެފައިވާ ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ ޕަރްވޭޒް މުޝައްރަފް ހައްޔަރު ކުރަން އިންޓަޕޯލުން ދެކޮޅު ހަދާފައިވާ ކަމަށް އިސްލާމްއާބާދުން ބުނެފި އެވެ.

މުޝައްރަފުގެ މައްސަލަ ބަލާ ޚާއްސަ ކޯޓުގައި ޕާކިސްތާން ސަރުކާރުން ބުނެފައި ވަނީ ސިޔާސީ ކޮށްފައިވާ ޒާތުގެ މައްސަލަތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށް އިންޓަޕޯލުން އަންގާފައިވާ ކަމަށެވެ. މުޝައްރަފް މިހާރު ދިރިއުޅުއްވަނީ ދުބާއީގަ އެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2007 ވަނަ އަހަރު ގާނޫނު އަސާސީގެ ބާރު ކަނޑުވާލއި ކުއްލި ހާލަތު އިއުލާން ކުރި މައްސަލައިގަ އެވެ.

މުޝައްރަފް، 75، ގެންދަވަނީ ޕާކިސްތާނަށް އެނބުރި ވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. މުޝައްރަފްގެ ވަކީލް ވިދާޅުވެފައި ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މުޝައްރަފަށް ކޯޓަށް ހާޒިރުވެވެން ނެތް ކަމަށެވެ.

މުޝައްރަފް، 1999 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ އަސްކަރީ ބަޣާވާތެއްގަ އެވެ.