Roadha Mihaaru
ޕެރިހުގެ މުޒާހަރާގައި ގިނަ ބަޔަކު ހައްޔަރުކޮށްފި

ޕެރިހުގެ މުޒާހަރާގައި ގިނަ ބަޔަކު ހައްޔަރުކޮށްފި

09 ޑިސެމްބަރ 2018

ޕެރިސް (ޑިސެމްބަރު 9) - ފްރާންސް ސަރުކާރާ ދެކޮޅަށް ކުރާ ސިލްސިލާ މުޒާހަރާތަކުގައި ޕެރިހުގައި އިއްޔެ ކުރި މުޒާހަރާ ވަރުގަދަވެ ރަބަރު ވަޒަނާއި ކަރުނަ ގޭސް ފުލުހުން ބޭނުން ކުރަން ޖެހިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (ޑިސެމްބަރު 9) - ފްރާންސް ސަރުކާރާ ދެކޮޅަށް ކުރާ ސިލްސިލާ މުޒާހަރާތަކުގައި ޕެރިހުގައި އިއްޔެ ކުރި މުޒާހަރާ ވަރުގަދަވެ ރަބަރު ވަޒަނާއި ކަރުނަ ގޭސް ފުލުހުން ބޭނުން ކުރަން ޖެހިއްޖެ އެވެ.

ޕެރިހުގެ މުޒާހަރާ އަށް އިއްޔެ ވަނީ 8،000 މީހުން ޖަމާވެފަ އެވެ. މުޒާހަރާގައި ހަމަނުޖެހުން ހިންގުމުން 500 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ތިރީސް މީހުން ވަނީ ޒަޚަމްވެފަ އެވެ. އޭގެ ތެރޭގައި ފުލުހުންގެ ތިން މީހަކު ވެސް ހިމެނެ އެވެ.

މީގެ ހަތަރު ހަފުތާ ކުރިން "ޔެލޯ ވެސްޓް" މުޒާހަރާތައް ފެށީ ތެލުގެ ޓެކްސްއާ ދެކޮޅަށެވެ. ނަމަވެސް އެ މުޒާހަރާތައް މިހާރު ވަނީ އެހެން ބަޔަކު ހައިޖެކްކޮށްފައިވާ ކަމަށް ފްރާންސް ސަރުކާރުގެ އިސް ފަރާތްތަކުން ބުނެ އެވެ.

ޕެރިހުގެ ހަމަނުޖެހުންތަކުގައި ކުޑަ ކާރެއް ރޯކޮށްލާފައި. --ފޮޓޯ:އޭއެފްޕީ

ޕެރިހުގެ ހަމަނުޖެހުންތަކުގައި ކުޑަ ކާރެއް ރޯކޮށްލާފައި. --ފޮޓޯ:އޭއެފްޕީ

މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ޕެރިހަށް ވަނީ 8،000 ފުލުހުން ނެރެފަ އެވެ. އަދި ގައުމުގެ އެކި ހިސާބުތަކަށް ވަނީ 90،000 ފުލުހުން ނެރެފަ އެވެ.

ޕެރިހުގެ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގައިގެން މިދިޔަ ހަފުތާގައި ވެސް ވަނީ އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ.

ސަރުކާރުން މިހާރު ވަނީ ތެލުގެ ޓެކްސް ނުނަގަން ނިންމައިފަ އެވެ. އަދި ކަރަންޓާއި ގޭހުގެ އަގު ބޮޑު ނުކުރަން ވެސް ވަނީ ނިންމައިފަ އެވެ.