Roadha Mihaaru
ބަތަލާ އަންކިތާ އަންނަ އަހަރު ކައިވެނި ކުރަނީ

ބަތަލާ އަންކިތާ ލޯކަންދޭ އަންނަ އަހަރު ކައިވެނިކުރަނީ

21 ޑިސެމްބަރ 2018

އަންނަ މަހު ރިލީޒްކުރާ ފިލްމު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" އިން ބޮލީވުޑަށް ތައާރަފުވާ ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ރިލީޒްކުރާ ފިލްމު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" އިން ބޮލީވުޑަށް ތައާރަފުވާ ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އަންކިތާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މުމްބާއީގެ ޒުވާން ވިޔަފާރިވެރިއެއް ކަމަށްވާ ވިކީ ޖެއިންއާ އެވެ. އަދި މި ދެ މީހުންގެ ގުޅުން މިހާރު ވަރަށް ސީރިއަސް ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނީ އަންކިތާ އާއި ވިކީގެ އާއިލާ އިން ވެސް ދެ މީހުންގެ ގުޅުމާ ވަރަށް ގަބޫލު ކަމަށެވެ.

ނަމަވެސް ވިކީއާ ރައްޓެހިވެގެން އުޅޭކަން އަންކިތާ މިހާތަނަކަށް ޔަގީންކޮށެއް ނުދެ އެވެ.

އަންކިތާ އާއި ވިކީ (ވ) ބައެއް ރައްޓެހިންނާ އެކު.

އެކަމަކު ދެ މީހުން ބައެއް ރައްޓެހިންނާ އެކު އެކީގައި ޕާޓީ ކުރަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

އަންކިތާ ކުރިން ރައްޓެހިވެގެން އުޅުނީ އޭނާ އެކު ޒީޓީވީގެ ކުރީގެ މަގުބޫލު ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގައި ލީޑް ރޯލް ކުޅުނު ސުޝާންތު ސިންގް ރާޖްޕޫތުއާ އެވެ. ދެ މީހުންގެ ބައްދަލުވީ ވެސް އެ ސިލްސިލާގެ ސެޓުންނެވެ.

އަންކިތާ އާއި ވިކީ ބައ

ނަމަވެސް ފަހުން ސުޝާންތު ސިލްސިލާތައް ކުޅުން ހުއްޓާލައި 2013 ގައި ފިލްމު "ކައި ޕޯޗޭ" އިން ބޮލީވުޑަށް ނުކުތްތާ މާ ގިނަ ދުވަހެއް ދެ މީހުންގެ ތެރޭގައި މައްސަލަތައް ޖެހެން ފެށި އެވެ. އަންކިތާ އާއި ސުޝާންތުގެ ގުޅުން ރަސްމީކޮށް ނިމުމަކަށް އައީ 2016 ގަ އެވެ.

ސުޝާންތާއި އަންކިތާ ވަކިވި އިރު ދެ މީހުންގެ ކައިވެނީގެ ވާހަކަތައް ވެސް ވަރަށް ގަދައަށް ދެކެވިފައިވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސުޝާންތު ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ރާބްތާ" ގައި އޭނާއާ އެކު ބަތަލާގެ ރޯލް ކުޅުނު ކްރިތީ ސެނަންއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.