Roadha Mihaaru
މޯނީގެ ކައިވެނި ޖެނުއަރީގައި

މޯނީގެ ކައިވެނި ޖެނުއަރީގައި

02 އޮކްޓޯބަރ 2021

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ބަތަލާ މޯނީ ރޯއި އަންނަ ޖެނުއަރީގައި ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ބަތަލާ މޯނީ ރޯއި އަންނަ ޖެނުއަރީގައި ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރުން ފެށިގެން 36 އަހަރުގެ ބަތަލާގެ ކައިވެނީގެ ވާހަކަތައް ދެކެވެމުން އަންނަ އިިރު މޯނީގެ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ދުބާއީގައި ދިރިއުޅޭ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާރި އާއިލާއެއް ކަމަށްވާ ނަމްބިއާގެ ފެމިލީގެ މެމްބަރެއް ކަމަށްވާ ސޫރަޖް ނަމްބިއާއާ އެވެ. ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި މޯނީ މި ފަހުން އެންމެ ގިނައިން ދަތުރުކޮށް، ވަގުތު ހޭދަކުރާ ގައުމަކީ ވެސް ދުބާއީ އެވެ.

އޭނާގެ ދެބެއިންދެދަރި ވިތުޔަތު ރޯއިސަރުކާރާ ހަވާލާދީ ނޫހަކުން ބުނީ މޯނީ އާއި ސޫރަޖް ޖެނުއަރީގައި ކައިވެނުކުރާތީ އެކަމަށް ދެ ފަރާތުގެ އާއިލާ އިން ވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ވަރަށް ކުލަގަދަކޮށް ކައިވެނީގެ ހަފުލާ ބާއްވަނީ ދުބާއިީ ނުވަތަ އިޓަލީގައި ކަމަށް ބުންޏެވެ. އޭގެ ފަހުން އިންޑިއާގައި ތިބި އާއިލާ އާއި ރައްޓެހިންނަށް މޯނީގެ އުފަން ސްޓޭޓް ވެސްޓް ބެންގާލްގެ ކޫޗް ބެހާރްގައި ހާއްސަ ހަފުލާއެއް ބާއްވާނެ އެވެ.

ޖެނުއަރީގައި މޯނީގެ ކައިވެނި އޮތަސް އަދި ސީދާ ވަކި ތާރީހެއް ނޭނގެ އެވެ.

އެތައް ސިލްސިލާއެއް ކުޅެފައިވާ މޯނީ ކައިވެންޏަށް ތައްޔާރުވާ އިރު އޭނާއާ އެކީ ކުރިން ޓީވީގައި މަސައްކަތްކުރި އަދި ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ފިލްމު "ޝިއްދަތު" ގެ ކާސްޓްގައި ހިމެނޭ މޯހިތު ރައިނާއާ ކުރިން ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ. އެކަމަކު މޯނީ އަކި އަބަދު ވެސް ލޯބީގެ ގުޅުންތައް މީޑިއާތަކަށް ވަރަށް ސިއްރުކުރާ ބަތަލާއެކެވެ.

އަކްޝޭ ކުމާރާ އެކު "ގޯލްޑް" އާއި ޖޯން އަބްރަހަމާ އެކު "ރޯމިއޯ އަކްބަރު ވޯލްޓާ" އަދި ރާޖްކުމާރު ރާއޯއާ އެކު "މޭޑް އިން ޗައިނާ" ކުޅުނު މޯނީގެ ކުރިއަށް ބޮޑު ފިލްމަކީ އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" އެވެ.