Roadha Mihaaru
މެދުރާއްޖެތެރޭ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ

މެދު ރާއްޖެތެރޭ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެއްޖެ

21 އޯގަސްޓް 2016

މެދު ރާއްޖެތެރޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މިފްކޯގެ މަސް ގަންނަ ހުރިހާ ބޯޓެއް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

މެދު ރާއްޖެތެރޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މިފްކޯގެ މަސް ގަންނަ ހުރިހާ ބޯޓެއް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މެދު ރާއްޖެތެރޭގައި ހިމެނޭ ޅ. އަތޮޅާއި މ. އަތޮޅުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، އެވްރެޖްކޮށް ދޯންޏަކުން ހަތަރު ޓަނާއި ހަ ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރަމުން އަންނަ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެ އަދަދު އެއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިފްކޯގެ މަސްކިރާ ބޯޓަކަށް މަސްކިރަން ދޯނިތަކެއް ކިޔޫގައި މަޑުކޮށްލައިގެން. ފޮޓޯ: މިފްކޯ

މިފްކޯގެ މަސްކިރާ ބޯޓަކަށް މަސްކިރަން ދޯނިތަކެއް ކިޔޫގައި މަޑުކޮށްލައިގެން. ފޮޓޯ: މިފްކޯ

މިފްކޯ އިން ބުނި ގޮތުގައި މ. އަތޮޅުގައި އެ ކުންފުނީގެ އެއްވެސް އޮޕަަރޭޝަނެއް ނުހިންގާތީ އައިސް ފޯރުކޮށްދިނުމާއި މަސް ގަންނަން ބޯޓުތައް ފޮނުވަން ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެބަ ހުއްޓެވެ. އެކަމަކު މަސްވެރިން ބާނާ ހުރިހާ މަހެއް ގަންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުންޏެވެ.

"މިވަގުތު އެ ސަރަހައްދުގައި މަސްވެރިކަން ހުރި ގޮތުން އެވްރެޖް ގޮތެއްގައި ދޯންޏަކުން ހަތަރު ޓަނާއި ހަ ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރަމުން އައި ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ،" މިފްކޯގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ބޮޑެތި ދޯނިފަހަރު އެ ސަރަހައްދަށް ގޮސް މަސްވެރިކަން ކުރަން ވެސް މިފްކޯ އިން ވަނީ އެދިފަ އެވެ.