Roadha Mihaaru
ހިދުމަތްތަކަށް ސިޓީގެ ބަދަލުގައި ފޯމެއް ތައާރަފްކުރަނީ

ހިދުމަތްތަކަށް ސިޓީގެ ބަދަލުގައި ކަސްޓަމްސުން ފޯމެއް ތައާރަފްކުރަނީ

01 ފެބުރުއަރީ 2019

ކަސްޓަމްސްގެ ހިދުމަތްތަކަށް ސިޓީ ހުށަހަޅަންޖެހޭ ޖެހުން ބަދަލުކޮށް ސްޓޭންޑަޑް އެޕްލިކޭޝަން ފޯމެއް ތައާރަފްކުރުމާ ގުޅޭ މަޝްވަރާތައް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކަސްޓަމްސްގެ ހިދުމަތްތަކަށް ސިޓީ ހުށަހަޅަންޖެހޭ ޖެހުން ބަދަލުކޮށް ސްޓޭންޑަޑް އެޕްލިކޭޝަން ފޯމެއް ތައާރަފްކުރުމާ ގުޅޭ މަޝްވަރާތައް ފަށައިފި އެވެ.

މި ބައްދަލުވުމުގައި ކަސްޓަމްސްގެ ބްރޯކަރުންނާއި، ޝިޕިންގް އެޖެންޓުންގެ އިތުރުން އެކި ދާއިރާތަކުން ކަސްޓަމްސްގެ ހިދުމަތް ހޯދާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން ވިދާޅުވީ، ވޭތުވެދިޔަ 2018 ވަނަ އަހަރު ކަސްޓަމްސްގެ ހިދުމަތްތަކަށް އެދި 4739 ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އަލަށް ތައާރަފުކުރަން ކަނޑައަޅާފައިވާ ސްޓޭންޑަޑް އެޕްލިކޭޝަން ފޯމްގެ ސަބަބުން ހިދުމަތަކަށް އެދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ލުއިފަސޭހަ ކުރުން ކަމަށް ކަސްޓަމްސުން ބުނެ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސުން ކުރުމަށް ނިންމާފައިވާ ކަމެކެވެ.