Roadha Mihaaru

ހިތްވަރުދޭންވީ މަޝްވަރާއިން ހައްލު ހޯދަން: ރައީސް

ތަފާތު ހިޔާލުތަކަށް ހައްލު ގެންނަން މަޝްވަރާކުރަން ހިތްވަރުދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހިތްވަރުދޭންވީ މަޝްވަރާއިން ހައްލު ހޯދަން: ރައީސް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

15 ސެޕްޓެމްބަރ 2019

ތަފާތު ހިޔާލުތަކަށް ހައްލު ގެންނަން މަޝްވަރާކުރަން ހިތްވަރުދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަން މުއައްސަސާތައް ހަރުދަނާކުރަން މިހާރަށް ވުރެ އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ހިޔާލު ތަފާތުތަކަށް، މަޝްވަރާ އާއި ބަހުސްކޮށްގެން ހައްލު ގެންނަން ހިތްވަރުދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރަން ފަށާފައިވަނީ، ދުނިޔޭގައި އެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރި ސެޕްޓެމްބަރު 15، 2008 ގަ އެވެ.

ޑިމޮކްރަސީ ދުވަސް ފާހަގަކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުމާލޭގައި އިއްޔެ ދުވުމެއް ވެސް ބޭއްވި އެވެ. މި އަހަރަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "ބައިވެރިވުން" އެވެ.