Roadha Mihaaru
ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން އެދެފި

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން އެމްއެންޑީއެފުން އެދެފި

21 ސެޕްޓެމްބަރ 2019

މި ދުވަސްވަރު މޫސުން ގޯސްވެ، ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި ދުވަސްވަރު މޫސުން ގޯސްވެ، ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އިއްޔެ އާއި މިއަދު ރާއްޖޭގެ ބޮޑު ބަަޔަކަށް ވިއްސާރަކޮށް ކަމަށް ލަފާ ކުރެވޭތީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފަ އެވެ.

އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރު ކުރާއިރު ލައިފް ޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ފަދަ ނިޒާމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަށް އެދޭ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މިންވަރަށް ވުރެ އިތުރަށް މުދާ ބަރު ނުކުރުމަށް ވެސް އެދޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން ޑައިވިން އާއި މޫދު ކުޅިވަރުތައް ބޭއްވުމުގައި ވެސް މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ނޫން ގޮތަކަށް އެފަދަ ހަރަކާތެއް ކުރިއަށް ނުގެންދަން އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.