Roadha Mihaaru
ކްރޮސްރޯޑްސް އިން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

ކްރޮސްރޯޑްސް އިން ރާއްޖެ އަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

18 އޯގަސްޓް 2020

ތައިލެންޑުގެ މަޝްހޫރު ޑިވެލޮޕިން ކުންފުނި ސިންހާ އެސްޓޭޓްގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހިންގާ ކްރޮސްރޯޑްސް އިން ކޮވިޑް-19އާ ގުޅިގެން ބޭނުންވާ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ތައިލެންޑުގެ މަޝްހޫރު ޑިވެލޮޕިން ކުންފުނި ސިންހާ އެސްޓޭޓްގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހިންގާ ކްރޮސްރޯޑްސް އިން ކޮވިޑް-19އާ ގުޅިގެން ބޭނުންވާ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

އެ ކުންފުނިން މިތަކެތި ހަވާލުކުރީ ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއެވެ. މި ތަކެތި ކްރޮސްރޯޑްސްގެ ފަރާތުން އެމްބަސީއާ ހަވާލުކޮށްދިނީ ސިންހާ އެސްޓޭޓްސްގެ ސީއީއޯ ނަރިސް ޝެކްލިން އެވެ. އަަދި ރާއްޖޭގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ރާއްޖޭން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހު އެވެ.

ކްރޮސްރޯޑްސް އިން ރާއްޖެ އަށް ހަދިޔާކުރި ސިއްހީ ސާމާނުގެ ތެރޭގައި ގޮގުލްސް އާއި ފޭސް ޝީލްޑާއި ލޭޓެކްސް އަންގި އާއި ލެގް ކަވާސް އަދި ސެނިޓައިޒާ ހިމެނެ އެވެ.

އެ ކުންފުނިން ބުނީ ރާއްޖޭން ކޮވިޑް-19އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން ދިން މި ތަކެއްޗާ އެކު، ކްރޮސްރޯޑްސްގައި ބޭނުން ކުރަމުން އައި ހަ ބަގީއެއް ވެސް ސިއްހީ ކަންކަމުގައި ބޭނުން ކުރުމަށް ދީފައިވާ ކަމަށެވެ.

އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް އަކީ ރިސޯޓުތަކާއި ވިޔަފާރިތަކަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ ތަނެކެވެ. މިހާރުވެސް އެ ތަނުގައި ދެ ރިސޯޓާއި ކުދި ވިޔަފާރިތައް އަންނަނީ ހިންގަމުންނެވެ. އަދި ދިވެހިން ދަތުރު ދިއުމަށް ހާއްސަ ޕިކްނިކް އައިލެންޑެއް ވެސް ކްރޮސްރޯޑްސްގައި އަންނަނީ ތަރައްގީ ކުރަމުންނެވެ.