26 ނޮވެމްބަރ 2019
ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް އެ ދާއިރާ އަށް ގިނަ އަދަދެއްގެ ދިވެހިން ތަމްރީނުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް އެ ދާއިރާ އަށް ގިނަ އަދަދެއްގެ ދިވެހިން ތަމްރީނުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
"ނާސިން ނައު ކެމްޕޭން" ގެ ނަމުގައި ހެލްތު މިނިސްޓްރީން ހިންގާ ކެމްޕޭނެއް އިފްތިތާހުކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ހިދުމަތުގައި ތިބި ނަރުހުންގެ އަދަދު އެކަށީގެންވާ ވަރަށް ވުރެ މާ މަދު ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތުގެ މިސްރާބަށް ބަލާއިރު ކުރިއަށް އޮތް ދެތިން އަަހަރުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ނަރުހުން ބޭނުންވާނެ އެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އަޅާއިރު އެ ސަރަހައްދުގެ ކުދިން ނަރުހުންގެ ގޮތުގައި ތަމްރީނުވުން ވަރަށް މުހިއްމުކ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިކަމާމެދު ގައުމީ ފެންވަރުގައި އަޅުނގަނޑުމެން އިތުރަށް ސަމާލުވާން އެބަޖެހޭ. އަޅުގަނޑުމެންގެ ސިއްހީ ޚިދުމަތުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި، އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާ އިން ތަމްރީނު ކުރުމަކީ، ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ ފަންނުވެރިންނަށާއި ފަރުވާ ހޯދާ މީހުންނަށް ވެސް ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި އެ ގޮންޖެހުންތަކުގެ ހަގީގީ ސަބަބަކީ ޚިދުމަތްތައް އެއް ތަނަކަށް ޖަމާވެފައިވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ބޮޑު ކަމެއް ދިމާވެއްޖެއްޔާ ދަތުރު ހަދައިގެން މާލެއަށް އަންނަން ޖެހޭ ޖެހުމަކީ ގޮންޖެހުންތަކުގެ ސަބަބު ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.
"އަޅުގަނޑުމެން އަމާޒު ހިފައިގެން މިއުޅެނީ، ސިއްހީ ހިދުމަތްތައްވެސް، ލާމަރުކަޒީ ނިޒާމަކުން ތަރައްގީކުރުމަށް. އެމީހާ ހުރި ތަނަކުން އެމީހާއަށް ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ގޮތަށް ކޮންމެ ރަށެއްގައިވެސް ގޭގެއަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނެ ވިލި ސިއްހީ ޚިދުމަތްތެރިން ތަމްރީނުވުމުން ގޮންޖެހުންތައް ހައްލުވެގެންދާނެ ކަމަށެވެ.
ސިއްހީ ދާއިރާގެ ވެސް މުސާރަ ބޮޑުވާނެ: ރައީސް
ނަރުހުންގެ މުސާރަ 3-4 މަސް ތެރޭގައި ބޮޑުކުރަނީ
ސިއްހީ ދާއިރާގެ މުސާރައަށް އިތުރު ބަދަލުތަކެއް ގެންނަނީ
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ދިއްދޫގައި އަވަސް ފަރުވާ ބޭނުންވެފައި އޮތް ޝަކުވާ!
ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި، ހާލު ރަނގަޅު
މާވިން އާއި ލަމްހާގެ ނާސިން ލައިސަންސް ބާތިލްކޮށްފި
އެންމެ ބޮޑު ހާސްކަމުން އަރައިގަތީ ނަމޫނާ ދައްކަމުން
ޑޮކްޓަރުންގެ ޝަކުވާ ރައީސް ހައްލުކޮށްދެއްވާނެ: މަބްރޫކް