Roadha Mihaaru
ބީއެމްއެލްއާ އެކު ޒުވާނުން މަހަށް!

ބީއެމްއެލްއާ އެކު ޒުވާނުން މަހަށް!

07 ޑިސެމްބަރ 2019

މަސްވެރިންގެ ދުވަހާ ގުޅިގެން، ބީއެމްއެލް އިން "ހިނގާ މަހަށް"ގެ ނަމުގައި ކުރިއަށްގެންދިޔަ މަސްދަތުރު ނިންމާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަސްވެރިންގެ ދުވަހާ ގުޅިގެން، ބީއެމްއެލް އިން "ހިނގާ މަހަށް"ގެ ނަމުގައި ކުރިއަށްގެންދިޔަ މަސްދަތުރު ނިންމާލައިފި އެވެ.

ސޯޝަލް މީީޑިއާ އިން ހޮވާލެވުނު ޒުވާނުންނަށް ހާއްސަކޮށްގެން ބީއެމްއެލް އިން ރޭވި މި ދަތުރު ފެށީ އިއްޔެ މެންދުރު 3:00 ގަ އެވެ. އަދި ނިންމާލީ މިއަދު ހެނދުނު 10:00 އަށެވެ. މި ދަތުރުގައި އެންމެ ގިނަ މަސްބާނާ ބަޔަކު ބެލުމުގެ ގޮތުން ބީއެމްއެލް އިން ވަނީ ބައިވެރން ދެބަޔަކަށް ބަހާލައިފަ އެވެ.

ބީއެމްއެލް މަސް ދަތުރުގެ އަންހެން ބައިވެރިއަކު އެން އުކަނީ-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް މަސް ދަތުރުގެ އަންހެން ބައިވެރިއަކު އެން އުކަނީ-- ފޮޓޯ: ބީއެމްއެލް

މި ދަތުރުގެ ބައިވެރިން ބީއެމްއެލް އިން ހޮވީ އެ ބޭންކުން ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ. އެގޮތުން، އެ ބޭންކުން ކުރި ޕޯސްޓެއްގައި ދަތުރުދާން ބޭނުންވާ މީހުން ޓެގް ކުރުމުން އޭގެ ތެރެއިން ހޮވުނު މީހުން މި ދަތުރުގައި ބައިވެރިކުރި އެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާގައި މަޝްހޫރު "ޒުވާން މަސްވެެރިޔާ" އާއި ޓުވިޓާގެ މަޝްހޫރު ބައެއް ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.

ބީއެމްއެލް އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ރޭވި މި ދަތުރުގައި ބައިވެރިން ވަނީ ފަރުމަސް ބޭނުމުގެ ހަރަކާތްތަކެއް އިއްޔެ ކުރިއަށް ގެންގޮސްފަ އެވެ. އަދި ދޮށީގެ މަސްވެރިކަމުގެ ހަރަކާތްތައް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.