Roadha Mihaaru
އީރާނާ ސުލްހަވާން އެމެރިކާ އޮތީ ތައްޔާރަށް: ޓްރަމްޕް

އީރާނާ ސުލްހަވާން އެމެރިކާ އޮތީ ތައްޔާރަށް: ޓްރަމްޕް

08 ޖެނުއަރީ 2020

ތެހެރާން (ޖެނުއަރީ 8) - އެމެރިކާ ސިފައިން އިރާގުގައި ތިބޭ ދެ މަރުކަޒަކަށް އަމާޒުކޮށް އީރާނުން މިއަަދު މިސައިލް ހަމަލާދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖެނުއަރީ 8) - އެމެރިކާ ސިފައިން އިރާގުގައި ތިބޭ ދެ މަރުކަޒަކަށް އަމާޒުކޮށް އީރާނުން މިއަަދު މިސައިލް ހަމަލާދީފި އެވެ.

އީރާނުގެ ރަސްމީ ޓީވީން ބުނީ އެއީ އެ ގައުމުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފަން ދިން ހަމަލާތަކެއް ކަމަށެވެ. އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ތެރޭން މީހަކު މަރުވި ކަމެއް އަދި ޔަގީނެއް ނޫނެވެ.

އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާ ފޮނުވާލަނީ. --ފޮޓޯ:އޭއެފްޕީ

އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާ ފޮނުވާލަނީ. --ފޮޓޯ:އޭއެފްޕީ

ޕެންޓަގަނުން ބުނީ އިރާގުގެ އިރްބިލް އާއި އަލް އަސަދުގެ ވައިގެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށެވެ.

"އީރާނުން ދިން ހަމަލާގެ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވާފައި ވަނީ. އަދި ގައުމީ ސަލާމަތާ ބެހޭ ޓީމާ އެކު މަޝްވަރާ ކުރަމުން ދަނީ،" ވައިޓް ހައުސްގެ ތަރުޖަމާން ސްޓެފާނީ ގްރިޝަމް ވިދާޅުވި އެވެ.

ޕެންޓަގަނުން ބުނީ މިސައިލަ ހަމަލާގައި ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށެވެ.

އީރާނުން އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް ފޮނުވާލި މިސައިލް ހަމަލާތައް

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ އެމެރިކާ ސިފައިން ތިބޭ ގައުމުތަކަށް ވެސް އިންޒާރު ދީފަ އެވެ.

"އެމެރިކާ ސިފައިންނަށް މަދަދު ދޭ ގައުމުތަކަށް މި އިންޒާރު ކުރަނީ އީރާނާ ދެކޮޅަށް އެމެރިކާ ސިފައިން ހަމަލާ ދޭން އެހީވާ ކޮންމެ ގައުމަކަށް އީރާނުން ހަމަލާ ދޭނެކަން،" ރިވޮލިއުޝަނަރީ ގާޑުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އީރާންގެ ފޮރިން މިނިސްޓަރުގެ ޓްވީޓް

އީރާނުުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ނެރުއްވި ޓްވިޓާ މެސެޖެއްގައި ވިދާޅުވީ އެއީ އީރާނުގެ އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް ކަމަށާއި އެމެރިކާއާ އެކު ކުރިމަތިލުމަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

އީރާނުގެ މިސައިލް ހަމަލާތަކަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސައިލް ހަމަލާގައި ލިބުނު ގެއްލުން ބަލާފައިވާ ކަމަށާއި ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށެވެ.

އިރާގުގައި އެމެރިކާގެ 5،200 ސިފައިން ތިބެ އެވެ.

އިރާގުގެ އަންބާރު ޕްރޮވިންސްގެ އަލް އަސަދު ވައިގެ މަރުކަޒުގައި އެމެރިކާ ސިފައިންގެ މީހަކު ހަރަކާތްތެރި ވަނީ: އީރާނުން ވަނީ އަލް އަސަދު މަރުކަޒަށް ހަމަލާދީފައި. --އޭއެފްޕީ ފައިލް ފޮޓޯ

އިރާގުގެ އަންބާރު ޕްރޮވިންސްގެ އަލް އަސަދު ވައިގެ މަރުކަޒުގައި އެމެރިކާ ސިފައިންގެ މީހަކު ހަރަކާތްތެރި ވަނީ: އީރާނުން ވަނީ އަލް އަސަދު މަރުކަޒަށް ހަމަލާދީފައި. --އޭއެފްޕީ ފައިލް ފޮޓޯ