އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުން ސިޔާސީ ވެފައިވާ ވަރު ފެނި އަންތަރީސް ވެއްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
24 މާޗް 2020
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުން ސިޔާސީ ވެފައިވާ ވަރު ފެނި އަންތަރީސް ވެއްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ޝުޖާއު އެގޮތަށް ވިދާޅުވީ އީސީގެ މެމްބަރު ފުއާދު ތައުފީގު ސަރުކާރަށް ފާޑު ވިދާޅުވި ހަބަރެއް ޓްވީޓް ކުރައްވަ އެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ފުއާދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެމްޑީޕީ އަށް ވޯޓް ދިނީ ތެދުވެރިކަމާއި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އޮންނާނެ ކަމަށް ކަމަށެވެ. ނަމަވެސް ސަރުކާރަށް މިވީ 16 މަސް ދުވަހުގެ ތެރޭގައި އެކަންކަން ކާމިޔާބު ވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
This is extremely sad. This is not what people wanted from the current government, this Majlis and present ACC. People voted for MDP expecting justice, honesty, sincerity and zero tolerance to corruption but 16 months gone without achieving much. https://t.co/HFRfPDL8Gm
— Fuwad Thowfeek (@FuwadThowfeek) March 23, 2020
ސަރުކާރަށް ފާޑު ވިދާޅުވެ ފުއާދު ކުރެއްވި ޓްވީޓް---
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވީ އީސީ މެމްބަރުންގެ ސުލޫކާއި ސިޔާސީ ވެފައިވާ މިންވަރު ފެނި އަންތަރީސް ވެއްޖެ ކަމަށެވެ. އަދި އީސީ އަށް އިތުބާރު ކުރާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އީސީގެ މެމްބަރުން މިހާ ސިޔާސީ ވެފައި ތިބެގެން ބާއްވާ އިންތިހާބެއްގައި މިނިވަން ކަމާ މެދު ސުވާލު އުފެދޭ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ކުރިން ވަނީ އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް އަކީ އެމްޑީޕީގެ އެޖެންޓެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ދެވަނަ ދައުރަކަށް އީސީގެ މެމްބަރުކަމަށް އިއްޔެ އައްޔަން ކުރެއްވި އަކްރަމް އެ ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަން ކުރުމަށް ބޭއްވި ކޮމިޝަން މެމްބަރުންގެ ބައްދަލުވުމުގައި ވެސް ކުރިން އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުއްވި ފުއާދު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އީސީގެ ރައީސްކަން ކުރިން ކުރެއްވި ފުއާދު މިދިޔަ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި ދެކުނު ދާއިރާ އަށް ވާދަ ވެސް ކުރެއްވި އެވެ. އެކަމަކު ވީ ނާކާމިޔާބެވެ.
ހުރިހާ ޕާޓީތަކަށް ފައިސާ ދޭން ގާނޫނު ބަދަލުކުރަނީ
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން ފާހެއް ނުވި
އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހުއްޓުވޭނެ ގޮތެއް ނެތް
2މައްސަލަ ހުށަހެޅި، ވޯޓުލުން ދަނީ އޮމާންކޮށް: ފުއާދު
ފުއާދު އިލެކްޝަންސް ކޮމިޝަނަށް އައްޔަންކޮށްފި
އީސީ އަށް ފުއާދު އައްޔަން ކުރަން މަޖިލިހުން ފާސްކޮށްފި
އީސީ އަށް ރައީސް އިސްކަން ދެއްވީ ފުއާދާއި އަމްޖަދު
ވޯޓު ގުނުން ތަފާތު؟ ނަތީޖާ ފުރަތަމަ ޓެބްލެޓަށް؟
އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލު ނުކުރަން: ފުއާދު
އިންތިހާބުތައް ފަސްކުރުން އިންސާފުވެރިއެއް ނޫން: ފުއާދު