މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދޭން މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
08 މެއި 2020
މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދޭން މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ ވަކި އުސޫލެއްގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތްތައް ފެށޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން އިއުލާނު ކޮށްފައި ވާތީ، އެ ކަން ކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެޗްޕީއޭއިން މިދިޔަ ހުކުރު ދުވަހު ކުރި އިއުލާނެއްގައި ވަނީ، މާލެ ލޮކްޑައުން ކުރުމުގެ ކުރިން ފަށާފައިވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ފަށަން ހުއްދަ ދީފައިވާ ކަމަށެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުގެ ދަށުން، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ.
ސިޓީ ކައުންސިލުން ބުނީ އިއްޔެ އިން ފެށިގެން އަމަލުކުރަން ފެށި އުސޫލުގެ ތެރެއިން މިހާތަނަށް 11 ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށެވެ. މަގު ބަންދުކޮށްގެން ކޮންކްރީޓް މަސައްކަތް ކުރަން ހަތަރު ފަރާތަކަށް ހުއްދަ ދީފައި ވެ އެވެ.
މަސައްކަތަށް ނެރޭ މީހުންނަކީ އެކަށީގެންވާ ސޯޝަލް ޑިސްޓެންސިން ބަހައްޓައިގެން ތިބެވޭ އަދަދަކަށް ވުމާއި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނުވަތަ އެފަދަ މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހަކު އައިސޮލޭޝަން ފުރިހަމަކޮށްފައި ނޫނީ މަސައްކަތަށް ނުނެރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މީހަކު ނުނެރުމާއި މަަސައްކަތު ގަޑީގަ އާއި އެހެން ގަޑިތަކުގައި ވެސް އެ މީހަކު މަސައްކަތްކުރާ ތަން ނޫން އެހެން ތަނަކަށް ނުގެންދިއުން ފަދަ ކަންތައްތައް ކުރަން ސިޓީ ކައުންސިލުން އެދެ އެވެ.
މަސައްކަތުގައި އުޅޭއިރު، ސޯޝަލް ޑިސްޓެންސިން އާއި ހެވީ ޑިއުޓީ މާސްކާއި އަންގި ބޭނުންކުރުމާއި ގިނަގިނައިން އަތްދޮވުމަށް ބާރުއަޅައި އެ އިންތިޒާމު ހަމަޖެއްސަން ޖެހެ އެވެ. މުވައްޒަފުން މަސައްކަތަށް ނެރޭއިރު ކުންފުނީގެ ޔުނީފޯމު ލުމާއި މަސައްކަތް ކުރަން ހަމަޖައްސާފައިވާ މީހުން ސައިޓު ނޫން އެހެން ތަންތަނަށް ނުގެންދިއުމާއި ސައިޓަށް ނެރުމުގެ ކުރިން ކޮންމެ ދުވަހަކު ހުން ބެލުމާއި އެ މުވައްޒަފުންގެ ރެކޯޑުތައް ބަލަހައްޓަން ޖެހެ އެވެ.
އުސޫލާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ހުއްދަ ބާތިލްކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި، ހުއްދަ ދިނުމުގައި މަސައްކަތް ފަށައި ހުއްޓާލަން ޖެހުމުގެ ސަބަބުން އެތަނަކަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނަ ތަންތަނާއި މަސައްކަތެއް ނުކޮށް ބެހެއްޓުމުގެ ސަބަބުން ކައިރި ގޭގެއަށް އިތުރު ގެއްލުމެއް ލިބިދާނެ ފަދަ ތަންތަނަށް ބަލާފައިވާނެ އެވެ.
ޝަކުވާ ބޮޑަސް މަގުތައް ދެން ބަންދުކުރާނީ ދުވާލު
ގެއެއްގެ ތެރެއަށް ފާރެއް ވެއްޓި ބޮޑު ގެއްލުމެއް
މަގުމައްޗަށް ނަޖިސް ބޭރުކުރާ ގެ ކައުންސިލުން ހޯދައިފި
އިމާރާތް ކުރަނިކޮށް ޖެހިގެން ހުރި ގެ ގަނބައިގެންފި
ޖަންކްޝަނަކަށް ތެޔޮ އެޅޭ ގޮތް ހެދި މީހަކު ހޯދަނީ
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ގިނަ ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ސާފުތާހިރުކަން ކުޑަ!
އަނެއްކާވެސް ޕެލެޓާއި ހޮޅިތަކުން މަގުތައް ފުރެނީ
ޑެންގީ ހުން އިތުރުވާތީ މަދިރި މަރަން މާލެ ފޮގް ކުރަނީ
މީހެއްގެ ފުރާނަ ދަންދެން މިހެން ތިބެންވީތަ؟