Roadha Mihaaru
މުޒާހަރާތައް ހޫނުވެ ބަންކަރަށް ޓްރަމްޕް ވައްދަން ޖެހުނު

މުޒާހަރާތައް ހޫނުވުމުން ވައިޓް ހައުސްގެ ބަންކަރަށް ޓްރަމްޕް ވައްދަން ޖެހުނު

02 ޖޫން 2020

ވޮޝިންޓަން (ޖޫން 2) - އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް، ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލާފައިވާތީ އެމެރިކާގައި ފެށި ވަރުގަދަ އިހުތިޖާޖްތައް ވައިޓް ހައުސްގެ ބޭރުގައި ހުކުރު ދުވަހުގެ ރޭ ވަރުގަދަވި ވަގުތު ސީކްރެޓް ސާވިސްގެ އެޖެންޓުން ރައީސް ޑޮނަލްޑް ޓްރަމްޕަށް ހިމާޔަތް ދިނުމަށް ވައިޓް ހައުސްގެ ބަންކަރަށް ވައްދަން ޖެހުނު ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓެރަރިސްޓް ހަމަލާއެއް ދިނުން ފަދަ ނުރައްކާތެރި ހާލަތްތަކުގައި ހިމާޔަތް ހޯދުމަށް ބިމު އަޑީގައި ހަދާފައިވާ ކޮޓަރި އަށް ޓްރަމްޕް ވައްދަން ޖެހުނީ ވައިޓް ހައުސްގެ ބޭރަށް އެތައް ބަޔަކު އެއްވެ ގާ އުކައި ފުލުހުންގެ ބެރިކޭޑް ފަޅާލަން އުޅުމުންނެވެ.

ވައިޓް ހައުސްއާ ކައިރީގައިވާ މަގުތަކުގައި ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ވައިޓް ހައުސްއާ ކައިރީގައިވާ މަގުތަކުގައި ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ވައިޓް ހައުސްއާ ގުޅުން އޮންނަ ރިޕަބްލިކަން މެންބަރަކު ވިދާޅުވީ ބަންކަރުގައި ޓްރަމްޕް ވަނީ ގަޑިއެއްހާ އިރު ހޭދަ ކުރައްވައިފަ އެވެ. ބަންކަރަށް ޓްރަމްޕް ވައްދަން އެޖެންޓުން ނިންމީ ގާނޫނު ތަންފީޒް ކުރާ ފަރާތްތަކަށް މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ނުވަދާނެ ކަމަށް ސީކްރެޓް ސާވިސް އަށް ހީވުމުންނެވެ.

ހަމަނުޖެހުންތައް ބޮޑުވެ ވައިޓް ހައުސްގެ ގާޑްހައުސްގައި ވެސް ވަނީ ރޯކޮށްލައިފަ އެވެ.

ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ފިހާރައެއްގެ ބޭރުންނެވެ. މެއި 25 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ދޮން ނަސްލުގެ ފުލުސް އޮފިސަރެއް ކަމަށްވާ ޑެރެކް ޗައުވިން، 44، އެވެ. އޭނާ ވަޒީފާ އިން ވަކިކޮށް މިހާރު ވަނީ މީހަކު މެރުމުގެ ދައުވާ އުފުލައިފަ އެވެ. އެކަމަކުގައި ބައިވެރިވި އަނެއް ތިން ފުލުހުންގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.