28 ޖުލައި 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ހުކުމް ކުުރެއްވީ ޖުޑިޝަރީ އަށް އަތް ބާނައިގެން ކަމަށް ބުނާ ވާހަކަ އަށް ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ތާއީދުކުރައްްވައި، ކޮމެންޓްކުރެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ އޭނާ ދޮގުކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ހުކުމް ކުުރެއްވީ ޖުޑިޝަރީ އަށް އަތް ބާނައިގެން ކަމަށް ބުނާ ވާހަކަ އަށް ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ތާއީދުކުރައްްވައި، ކޮމެންޓްކުރެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ އޭނާ ދޮގުކުރައްވައިފި އެވެ.
މިހާރު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ރޭ ކުރެއްވި ޓްވީޓަކަށް ދާއޫދު "ލައިކް" ދެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހަބަރު ގެނެސްފަ އެވެ. އަދި "ލައިކް" ދެއްވާފައި ވަނިކޮށް ފެންނަ ސްކްރީން ޝޮޓްތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.
ސޯޝަލް މީޑިޔާގައި ސިޔާސީ އެއްވެސް ޕޯސްޓަކަށް އަޅުގަނޑު ކޮމެންޓްކޮށް އަދި ލައިކް ދީފައި ނުވާނެއެވެ. އަޅުގަނޑަށް އެނގިގެން މިފަދަ ނާތަހުޒީބު އެއްވެސް ޢަމަލެއްކޮށްފައިނުވާނެއެވެ. އަޅުގަނޑު ކޮށްގެން ހުރި ފުލުހުންގެ ހުވަޔާއި ޚިލާފުވާނެ ފަދަ އެއްވެސް ޢަމަލެއް އަޅުގަނޑު ނުކުރާނަމެވެ. pic.twitter.com/rEXADoKaeM
— Mohamed Dawood (@Dawoodseli) July 28, 2020
ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހުރިހާ ކަމެއް ބޮއްސުން ލައިފި ކަމަށާއި އިދިކޮޅު ލީޑަރު ޖަލަށް ލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތް ބާނައިގެން ކަމަށެވެ. އަދި މިހާރު ދިމާކޮށްފައިވަނީ މިނިވަންކަން ވިއްކާލަން ކަމަށާއި ނަމަވެސް އިދިކޮޅޫ މުޒާހަރާތައް ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ޓްވީޓަށް ދާއޫދު ތާއީދުކުރެއްވި ކަމަށް ބުނެ ސްކްރީންޝޮޓްތައް ދައުރުވާން ފެށުމާ އެކު ގިނަ ބަޔަކު ވަނީ އޭނާއަށް ވެސް ފާޑުކިޔައިފަ އެވެ.
އެކަމަކު ދާއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ އެއްވެސް އެއްޗަކަށް ލައިކު ދީ އަދި ކޮމެންޓް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެނގިވަޑައިގެން އެފަދަ ނާތަހުޒީބު އެއްވެސް އަމަލެއް ނުކުރައްވާ ކަމަށް ވިދާޅުވެ އެކަން ދޮގު ކުރެއްވި އެވެ.
"އަޅުގަނޑުކޮށްގެން ހުރި ހުވަޔާ ހިލާފުވާނެ ފަދަ އެއްވެސް ކަމެއް ނުކުރާނަން،" ދާއޫދު ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އޭނާއަށް ގުޅުމުން ފޯން ނުނަންގަވާތީ ޖަވާބެއް ނުލިބުނެވެ.
ޔާމީނަށް ފާރަލާ ކަމަށް ބުނާ މައްސަލައެއް ފުލުހަށް
އާ ރަށުގެ މައްސަލައިން ޔާމީންގެ ވަކީލުން ތަނާޒުލްވެއްޖެ
އާ ރަށުގެ މައްސަލާގައި ޔާމީން ފުލުހަށް ހާޒިރުކޮށްފި
އާ މައްސަލައެއްގައި ޔާމީނާ ސުވާލެއް ނުކުރޭ: ޖަމީލް
އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ޔާމީން ހާޒިރުކުރަނީ
ޔާމީން ފުލުހަށް ހާޒިރުކުރީ ވަކި ބަޔަކު ރުއްސަން:ޖަމީލް
ރަސޫލާއަށް ފުރައްސާރަ ކުރާއިރު ފިޔަވަޅެއް ނާޅާ: ޖަމީލް
ރައީސަށް ބިރުދެއްކި މައްސަލާއި ދައުވާނުކުރަން ނިންމައިފި
ރައީސަށް އިންޒާރު ދިން މީހެއްގެ ފޯނު ހިފަހައްޓައިފި
ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި