Roadha Mihaaru
އެކްޓަރު ވިޖޭ އަށް ޖިންސީ ގޯނާގެ ތުހުމަތު

އެކްޓަރު ވިޖޭ ރާޒަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ޕޮލިހަށް

05 ނޮވެމްބަރ 2020

ބަތަލާ ވިދިޔާ ބާލަން މިހާރު ކުޅެމުން އަންނަ ފިލްމު "ޝޭރްނީ" ގެ ޝޫޓިން ތެރޭ، ކްރޫގައި ހިމެނޭ އަންހެން މެމްބަރަކަށް އެކްޓަރު ވިޖޭ ރާޒް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ވިދިޔާ ބާލަން މިހާރު ކުޅެމުން އަންނަ ފިލްމު "ޝޭރްނީ" ގެ ޝޫޓިން ތެރޭ، ކްރޫގައި ހިމެނޭ އަންހެން މެމްބަރަކަށް އެކްޓަރު ވިޖޭ ރާޒް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިހާތަނަށް އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ ހުނަރުވެރި އެކްޓަރުގެ ފަރާތުން ޖިންސީ ލިބުނު ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މަހާރަޝްތުރާ ސްޓޭޓްގެ ގޮންޑިއާގައި ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް ވިޖޭ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިކަން ކަށަވަރުކޮށްދެމުން ގޮންޑިއާ ފުލުހުންގެ އެޑިޝަނަލް ސުޕްރިންޑެންޓް އޮފް ޕޮލިސް އަތުލް ކުލްކަރްނީ ވިދާޅުވީ އެ މައްސަލާގައި ވިޖޭ އަންގާރަ ދުވަހު ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ދަށުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

"އެކަމަކު މައްސަލައިގެ ތަހުގީގު ތަހުގީގު ކުރިއަށް އެބަދޭ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ ކޯޓުން އަންގާ ތާރީހަކަށް ހާޒިރުވާން ވެސް ޝަރުތުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

"ގަލީ ބޯއި" އާއި "ޑްރީމް ގާލް" އަދި "އިސްތިރީ" ފަދަ ފިލްމުތަކުން ފެނިފައިވާ ވިޖޭ، 57، ގެ ދެ ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްކޮށްފައިވެ އެވެ. އެއީ އަމީތާބް ބައްޗަންގެ "ގުލާބޯ ސިތާބޯ" އާއި ކުނާލް ކޭމޫގެ "ލޫޓްކޭސް" އެވެ. ވިޖޭގެ ކުރިއަށް އޮތް ފިލްމަކީ މަނޯޖް ބަޖްޕާއީގެ "ސޫރަޖް ޕޭ މަންގަލް ބާރީ" އެވެ. ބަތަލާ އާލިއާ ބަޓާ އެކު ސަންޖޭ ލީލާ ބަންސާލީ ގެނެސްދޭން އުޅޭ "ގަންގްބާއީ ކަތިއަވާޅީ" ގެ ރޯލަކުން ވެސް ވިޖޭ ފެންނާނެ އެވެ.

ބޮލީވުޑްގައި މީގެ ދެ އަހަރު ކުރިން ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވެ، އެތައް ބަޔަކު ބޭޒާރުވެފައިވެ އެވެ. އަދި އެފަދަ ތުހުމަތުތައް އެޅުނު ބައެއް މީހުންނާ އެކު ދެން މަސައްކަތް ނުކުރަން ބައެއް ފަންނާނުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ވިދިޔާގެ "ޝޭރް" ގެ މަސައްކަތުގެ ތެރޭގައި ހިނގި ކަމަށް ބުނާ ހާދިސާއާ ގުޅިގެން ވިޖޭއާ މެދު އަމަލުކުރާނެ ގޮތެއް އަދި ނޭނގެ އެވެ. ކުރިން މިފަދަ ތުހުމަތުތައް އެޅުނު ފަންނާނުން ފިލްމުތަކުން ވަކިކޮށްފައިވެ އެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައި ޝޫޓިން ފެށި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ހެދި މަސައްކަތް ހުއްޓިފައި އޮއްވައި މިދިޔަ މަހުގެ ފަހުކޮޅު އަލުން ޝޫޓިން ފެށި އެ ފިލްމަކީ އަމިތު ވީ މަސޫރްކަރް ޑައިރެކްޓްކުރާ ފިލްމެކެވެ. ވިދިޔާ ފޮރެސްޓް އޮފިސަރެއްގެ ރޯލް ކުޅޭ "ޝޭރްނީ" ގެ ކާސްޓްގައި ޝަރަތު ސަކްސޭނާ ވެސް ހިމެނެ އެވެ.