05 ޖެނުއަރީ 2021
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު މާލޭ ސަރަހައްދުގެ ނާސަރީ އާއި ބޭބީ ނާސަރީގެ ދަރިވަރުން ސްކޫލަށް ގެންދިއުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު މާލޭ ސަރަހައްދުގެ ނާސަރީ އާއި ބޭބީ ނާސަރީގެ ދަރިވަރުން ސްކޫލަށް ގެންދިއުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިޔުކޭޝަނުން މިގޮތަށް ބުނި އިރު ބޭބީ ނާސަރީ އާއި ނާސަރީ ހިންގާ ބައެއް ފަަރާތްތަކުގެ ކަންބޮޑުވުން އެ މައްސަލާގައި މިހާރު ވަނީ އުފެދިފަ އެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބައެއް މީހުން ބުނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެންނަ ނަމޫނާ އާއި ރާއްޖެއިން ދައްކާ ނަމޫނާ ތަފާތު ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ކޮވިޑް ފެތުރުނު އަދި މިހާރު ވެސް ފެތުރޭ ބައެއް ގައުމުތަކުގައި ގްރޭޑް ސްކޫލްތަކާއި ކޮލެޖް، ޔުނިވަސިޓީ ބަންދުކުރާ އިރު، ނާސަރީތައް ހުޅުވާފައި ބަހައްޓަން އިސްކަން ދެ އެވެ.
އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އެލްކޭޖީން ފެށިގެން މަތީގެ ގްރޭޑްތަކުގެ ކިޔެވުން ފަށާ ގޮތަށެވެ.
ނާސަރީ އާއި ބޭބީ ނާސަރީގެ ކުދިންގެ ކިޔެވުން އަލުން ފެށުމާ މެދު ގޮތެއް ނުނިންމަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސްކޫލްތައް ހުޅުވުމާ ގުޅޭ ކަންކަން ނިންމަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފައާ އެއްގޮތަށް ކަމަށެވެ.
އެޗުޕީއޭގެ ލަފައަކީ ނާސަރީ އާއި ބޭބީ ނާސަރީގެ ކިޔެވުން ކުރިއަށް ނުގެންދިއުންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "ތިއާ ބެހޭ ގޮތުން މި ވަގުތު ވަކި އެއްޗެއް ނުދެންނެވެން ނެތް" ކަމަށެވެ.
ބޭބީ ނާސަރީ އާއި ނާސަރީ ހިންގާ ފަރާތަކުން، ނަން ނުޖަހާ ގޮތަށް، ވާހަކަ ދައްކަމުން ބުނި ގޮތުގައި "އެ އުމުރުގެ ކުދިންގެ ފުރަތަމަ ހަތަރު އަހަރު ސްކޫލަށް ގެންދިއުން މުހިންމެ"ވެ.
"ސްކޫލަކުން އެ ކުދިންނަށް ކޮށްދެވޭނެ ކަންކަން ރާއްޖޭގައި ކޮށްދެވޭނެ އެހެން ތަނެއް ނުހުންނާނެ،" އޭނާ ބުންޏެވެ.
"ކުދިން ސޯޝަލަައިޒްކުރުމާއި މައިންޑް ޑިވެލޮޕްކުރަން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭން ޖެހޭ އުމުރެއް އެއީ. އެކަމަކު އެ އުމުރުގެ ކުދިންނަށް އެކަހަލަ ފުރުސަތެއް ނުލިބި އަހަރެއް މި ވަނީ."
ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ޕާކްތަކަށާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް ވެސް ކުޑަކުދިން ގެންދެވޭ އިރު، ސްކޫލް މާހައުލުގައި ލިބޭ ރައްކާތެރިކަން މާ ބޮޑުވާނެ އެވެ. އަދި މާލެ ސަރަހައްދުގެ މީހުންގެ ދިރިއުޅުން ހުންނަ ގޮތުން އާންމު ދުވަސްދުވަހު ބައެއް ބެލެނިވެރިންނަށް ކުޑަދަަރިފުޅު ބޭރަށް ގެންދެވެން ވެސް އޮންނަނީ ސްކޫލަށް ކަމަށް، އެ ތަޖުރިބާކާރުން ބުނެ އެވެ.
"ސްކޫލަށް ނުފޮނުވެންޏާ ކޮންމެވެސް އެކަކު ގޭގައި މަޑުކުރަން ވެސް ޖެހޭ އެ އުމުރުގެ ކުދިން އެކަނި ދޫކޮށްލެވެން ނެތީމާ. އެހެންވީމާ ސްކޫލަށް ގެންދާ ވަގުތުކޮޅަކީ ބެލެނިވެރިންނަށާއި އެ ކުދިންނަށް ވެސް ވަރަށް މުހިންމު ވަގުތުކޮޅެއް،" މާލޭގައި ނާސަރީ އާއި ބޭބީ ނާސަރީ ހިންގާ ފަރާތަކުން ބުންޏެވެ.
ކޮވިޑާ ގުޅިގެން މިދިއަ އަހަރުގެ މާޗު މަހުން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުކުރި އެވެ. އެކަމަކު އޮންލައިންކޮށާއި ޓީވީ މެދުވެރިކޮށް ކިޔެވުން ކުރިއަށް ގެންދިޔަ އެވެ. ޖުލައި މަހު މާލޭގެ ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގެންދިޔަ އެވެ. އެކަމަކު ކޮވިޑްގެ ކޭސްތައް ގިނަވާން ފެށުމުން، އަނެއްކާވެސް ބަންދުކޮށް، ގްރޭޑް އަށަކުން މަތީގެ ކުދިން ސްކޫލަށް ގެންދަން ދެން ފެށީ އޮކްޓޯބަރު 19 ގަ އެވެ. އަދި އެ މަހު ގްރޭޑް ހަތެއްގެ ދަރިވަރުން ވެސް ސްކޫލަށް ގެންދިޔަ އެވެ. އެކަމަކު ފުރަތަމަ ޓާމް ނިމުނީ ގްްރޭޑް ހަޔަކުން ފެށިގެން ދަށުގެ ކުދިންނަށް ސްކޫލަށް ގޮސް ކިޔަވާނެ ފުރުސަތު ނުލިބި އެވެ.
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ
ބޭރުން އަންނަ ޓީޗަރުން ފަސް ދުވަހުގެ ކަރަންޓީނަކަށް
ވެކްސިން ޖަހަން ސްކޫލުތަކުގެ މުވައްޒަފުންނަށް އަންގައިފި
ގްރޭޑު 8،7 އަށް އަންނަ މަހުގެ 16ގައި ކިޔަވައިދެނީ
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
ރާއްޖޭގައި މާސްކް އެޅުން ދެން މަޖުބޫރެއް ނުވާނެ
ޓީޗަރުންނާއި ދަރިވަރުން ކިޔަވާ ރަށަށް ދާން އެދިއްޖެ
ސްކޫލް ކުދިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި
30،000 ކުއްޖަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފި